Last Updated: April 18, 18:15
Thursday, April 18, 2024
ރިޕޯޓް

އަނެއްކާ ވެސް އައްޑޫ ހޮސްޕިޓަލްގެ އާ ވާހަކަތަކެއް

އައްޑޫގެ 100 އެނދުގެ ވާހަކަ ސަރުކާރުތަކުން ދައްކާތާ 12 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެވާހަކަ ތަކަށް އަމަލީ ސިފައެއް ނުގެނެވޭތީ ރައްޔިތުންގެ މާ ބޮޑު ޝައުގެއް އެކަމަކަށް މިހާރު ހުރި ތަނެއް ނުފެނެއެވެ.

އައްޑޫ ހޮސްޕިޓަލާއި ގުޅޭ ގޮތުން އެކި ފަހަރު މަތިން ސަރުކާރުން ދައްކާފައިވާ ވާހަކަ ތަކުގެ މައުލޫމާތު ސޯޝަލް މީޑިއާ ތަކުގައި ދައުރުވަމުންދާއިރު އަނެއްކާވެސް މިވަނީ އާވާހަކަތަކެއް އިވެން ފަށާފައެވެ.

100 އެނދުގެ ހޮސްޕިޓަލް ހިތަދޫގައި ހަދާފައިވާ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ގާއިމް ކުރާ ވާހަކައެވެ. ހިތަދޫ ސްޓޭޑިއަމްގެ އިރުން ހުސް ބިމެއް ހޮސްޕިޓަލް އެޅުމަށް ކަނޑައަޅާފައިވާ އިރު އެތަނުގައި ހޮސްޕިޓަލް އަޅާ ވާހަކަ މިވަނީ ފަލްސަފާއަކަށް ބަދަލުވެފައެވެ.

އީސީސީގައި ހޮސްޕިޓަލް ގާއިމް ކުރާ ވާހަކަ ދައްކަމުން އަންނަ އިރު އެތަނަކީ 100 އެނދުގެ ހޮސްޕިޓަލަކަށް އެކަށީގެންވާ ތަނެއްތޯ އެތައް ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. ކޮންފަރެންސްތަކަށާއި، ބޮޑެތި ހަފްލާތަކަށް ފަރުމާ ކޮށްފައިވާ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަޝްރޫއަށް ކޮންސަލްޓެންޓަކު ހޯދަން މިހާރު މިވަނީ އިއްލާން ކޮށްފައެވެ. އަދި ހޮސްޕިޓަލް ތަރައްޤީ ކުރުމަށްވެސް މިވަނީ ހުޅުވާލާފައެވެ.

އީސީސީގައި ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ބީލަމަށް ހުޅުވާލިއިރު ސްޓޭޑިއަމް ސަރަހައްދުގައި ގައި އޮތް ބިމުގައި 100 އެނދުގެ ހޮސްޕިޓަލް އެޅުމަށް މިދިޔަ އަހަރުގެ މާޗް މަހު 9 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން އިއްލާންކުރުމާއި ގުޅިގެން 9 ފަރާތަކުން ކުރިމަތިލައި އެފަރާތްތައް ޝޯޓް ލިސްޓް ކުރުމަށް މަސައްކަތް ކުރިކަމަށް އޭރު މީޑީއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

އޭގެ ފަހުން އެހުށަހެޅުން ކެންސަލް ކުރުމަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ފުރުސްތު ހުޅުވާލިއެވެ.

އޭގެ ފަހުން މިއަހަރު ފެށުމާއި އެކު ދެން އިވެން ފެށީ އީސީސީގައި ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ސަރުކާރުން ވިސްނަމުންދާ ވާހަކައެވެ.

އެމްޑީޕީގެ ވެރިކަމުގައި ރައީސް ނަޝީދު 17 ވަނަ ސާކް ސަމިޓް ބޭއްވުމަށް އިމާރާތް ކުރި ކޮންވެންޝަން ސެންޓަރަކީ ކޮންފަރެންސްތަކާއި، ކޮންވެންޝަނަލް ޓޫރިޒަމަށް އަމާޒުކޮށްގެން ބިނާ ކުރި އިމާރާތެކެވެ. ތަނުގެ ވަށައިގެންވާ ސަރަހައްދު ނަޝީދު ބޭނުންފުޅުވީ އެފަދަ ގޮތަކަށް ތަރައްޤީ ކުރުމަށެވެ. ކޮންވެންޝަން ހޮޓަލާއި އެކު އެސަރަހައްދުގައި ވާޒީފާތައް އުފައްދައި، ފަންސާސް ހާސް މީހުންގެ އާބާދީއަކަށް ތަރައްޤީ ކުރުމަށެވެ.

އެމަަސައްކަތާއިގެން ނަޝީދު އުޅުއްވަނިކޮށް، 2012 ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ނަޝީދުގެ ވެރިކަން ބަދަލުކޮށް މިހާތަނާއި ޖެހެންދެން ކޮންވެންޝަން ސެންޓަރ ވަނީ މަރާމާތު ނުކޮށް ވީރާނާވާން ދޫކޮށްލާފައެވެ.
IB

އައްޑޫ ރަމްޒުކޮށްދޭ ނިޝާނަކަށްވި ކޮންވެންޝަން ސެންޓަރަކީ ބޭކާރުތަނެއް ކަމަށް ވިދާޅުވެ، އެތަން ވީރާނާވާން ދޫކޮށްލާފައި އޮތުމަށްފަހު މިހާރު އެތަން ހޮސްޕިޓަލަކަށް ތަރައްޤީ ކުރާއިރު އާ ހޮސްޕިޓަލެއް ބިނާ ކުރުމަށްވުރެ ހަރަދު ބޮޑުވާނެ ކަމަށް އެކި ފަރާތްތަކުން ދަނީ ބުނަމުންނެވެ.
timthumb1

ސައުދީ ފަންޑްގެ 12.5 މިލިއަން ޑޮލަރާއި އޯޕެކް ފަންޑް ފޯ ނޭޝަނަލް ޑިވެލޮޕްމަންޓް (އޯފިޑް) ގެ 8.5 މިލިއަން ޑޮލަރުގެ ލޯނަކުން އަޅަން ކިޔާ ހޮސްޕިޓަލަށް ލިބުނު ލޯނުން މަސައްކަތެއް ނުފެށި ދިގުލައިގެންދާ އިރު އަނެއްކާވެސް މީ މުޅީން ތަފާތު އާ ވާހަކައެކެވެ. ހޮސްޕިޓަލްގެ ވާހަކަ ނުދެކެވި އަހަރެއްވާން ކައިރިވެފައި ވަނިކޮށް މިހާރު އިވޭ އަޑުތަކަށް ބަލާއިރު އަދިވެސް މިމަސައްކަތް ފެށިދާނެ ކަމާއި މެދު ރައްޔިތުން ސުވާލު އުފައްދައެވެ.

ޑރ. ހަބީބު (ވާތް ފަރާތުން ދެވަނަ) ހޮސްޕިޓަލްގެ ކުރެހުމާ ބެހޭ ގޮތުން  ހިޔާލު ބަދަލު ކުރައްވަނީ. ފޮޓޯ/ ކައުންސިލް
ޑރ. ހަބީބު (ވާތް ފަރާތުން ދެވަނަ) ހޮސްޕިޓަލްގެ ކުރެހުމާ ބެހޭ ގޮތުން ހިޔާލު ބަދަލު ކުރައްވަނީ. ފޮޓޯ/ ކައުންސިލް

14 މިލިއަން ހަރަދުކޮށް ކުރެހި ކުރެހުން ބޭކާރުވެ، ކުރިން ބަޖެޓްގައި ހިމެނި ފައިސާ ބާކާރުވެފައިވާ އިރު ޕްލޭން ހަދަމުން ގޮސް 21 މިލިއަން ޑޮލަރު ހުސްނުވެއްޖިޔާ ކިތަންމެހާވެސް ރަނގަޅެވެ.