Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

ލޫކަސް ބަންދުގައި ބެހެއްޓީ ރަނގަޅަށް: ހައި ކޯޓް

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ބަންދު ކުރުމަށްކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފިއެވެ.

ރާއްޖޭގެ އަމަން ބަލަހައްޓާ ފަރާތްތަކާއި މެދު ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދުކުރި އަމުރު އިސްތިއުނާފް ކުރުމަށް މިއަދު ބޭއްވި ޝަރީއަތުގައި ހައިކޯޓުން ހުކުމް ކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބަދަލު ކުރަންޖެހޭ ތަނެއް ނެތް ކަމަށެވެ.

ލޫކަސް ހައްޔަރު ކޮށް މިހާރު ވަނީ ދެވަނަ ފަހަރަށް 15 ދުވަހުގެ މުއްދަތު ޖަހާފައެވެ،

ސޯޝަލް މީޑިއާގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔަމުންދިޔަ ލޫކަސް ހައްޔަރު ކުރި އިރު 2 ލައްކަ ޓްވީޓް ސަރުކާރާއި ދެކޮޅަށް ވަނީ ކޮށްފައެވެ.