Last Updated: March 29, 13:51
Friday, March 29, 2024
ޚަބަރު

އަނީލް އަދާލަތުގެ ހިތަދޫ ގޮފިން އިސްތިއުފާ ދީފި

އަދާލަތު ޕާޓީގެ ހިތަދޫ ގޮފީގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި ޝެއިހް މުހައްމަދު އަނީލް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެހެން ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ.

ފޭސްބުކް ޕޭޖްގައި އަނީލް ވަނީ އަދާލަތު ޕާޓީގެ ހިތަދޫ ގޮފީގެ ނައިބް ރައީސްކަމުން މިއަދު އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވައިފަ އެވެ.

އޭނާއަކީ އަދާލަތު ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޝެއިހް އަނީލްއަކީ ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާގެ ރައީސް ވެސް މެ އެވެ. އަދި ހިރާ ސްކޫލް ހިންގެވުމުގައި ވެސް އޭނާ އިސް ދައުރެއް އަދާ ކުރައްވަ އެވެ.