Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ފުލުހުންގެ ޖިމް އިންސްޓްރަކްޓަ ކޯސް ފަށައިފި

ޕޮލިސް އެކަޑަމީން އައްޑޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޖިމް އިންސްޓްރަކްޓަ ކޯސް 23 ބައިވެރިންނާއި އެކު މިއަދު ފަށައިފި އެވެ.

ހަތަރު ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މިކޯސް އިފްތިތާހް ކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ޑެޕިއުޓީ ލެފްޓިނެންޓް ކާނަލް ނަސްރުއްﷲ އިބްރާހިމް މަޖްދީއެވެ.

ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް އެކެއްގެ މިކޯހުގައި ކިޔަވައިދެއްވަނީ ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާ ކަމުގެ ތަޖުރިބާ ލިބިފައިވާ ޤާބިލް މުދައްރިބުންނެވެ.

gym instructor

ފުލުހުންނާއި އާންމުން ބައިވެރިވި މި ކޯހަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދީ ޒުވާނުން ބާރުވެރި ކުރުމަށާއި މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ހިންގާ ކޯހެއް ކަމަށް ފުލުހުން ބުންޏެވެ