Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އައިއެސް އަށް ކުޑަކުދިން ގެންނަ މީހާ މަރާލައިފި

އިސްލާމިކް ސްޓޭޓުގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ އައިއެސް ޖަމާއަތަށް ކުޑަކުދިން ގެނެސް ތަމްރީނުކުރާ މީހުންގެ ކޮމާންޑަރު، އަބޫ ވަތްބާ އަލް ސައުދީ މަރާލައިފިއެވެ.

އައިއެސްއެންއޭ އިން އާންމު ކުރި ރިޕޯޓަކާ ހަވާލާދީ އައިއެފްޕީ އިން ޚަބަރުކޮށްފައިވާގޮތުން އަބޫ ވަތްބާ ހަވާލުވެފައިހުރީ ކުޑަކުދިން ހަނގުރާމައާއި ގުޅުމަށް އެކި ގައުމުތަކުން ގެނައުމެވެ.

އިރާގުގެ މޯސުލް ސިޓީގެ ފިހާރައަކުން އަބޫ ވަތްބާ ނިކުމެގެން ދަނިކޮށް ހަތިޔާރު ހިފައިގެން ތިބި ބަޔަކު ވަނީ އޭނާއާ ކުރިމަތިލައި މަރާލައިފައިކަމަށް އިރާގުގެ ނޫހަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ކޮންބަޔެއް ކަން ނޭނގޭ ގޮތަށް "އަލް މަސަލާ" ނަމަކަށް ކިޔާ ނޫހަކަށް މައުލޫމާތު ދިން ބަޔަކު ބުނެފައިވަނީ އައިއެސްގެ އިސް ކޮމާންޑަރުން ދަނެގަނެ އެމީހުންނަށް އަމާޒުކޮށް ބަޔަކު ދަނީ ހަމަލާތައް ދީ އެމީހުން މަރާލަމުން ކަމަށެވެ.

އެއީ ކޮންބަޔެއް ކަމެއް އެއްވެސް ބަޔަކަށް އަދި ހޯދިފައިނުވެއެވެ.