Last Updated: April 24, 12:56
Wednesday, April 24, 2024
ކުޅިވަރު

ކުޅެން ޖެހޭ މަގާމާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ: ސްޓަރިޖް

ލިވަޕޫލްގެ ފޯވާޑް ޑެނިއަލް ސްޓަރިޖް، ޕޮސިޝަނުން ބޭރުގައި ކުޅެން ޖެހުމުން ނުރުހުން ފާޅުކޮށްފިއެވެ.

ރޭގައި ކުޅެވުނު އިނގިރޭސި ލީގު ކަޕުގައި ބާޓަން 0-5 އިން ބަލިކޮށް މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ސްޓަރިޖް ބުނެފައިވަނީ ޓީމަށް އޭނާ ކުރަން ޖެހޭ ކަމެއް ކުރާނެ ކަމަށެވެ. ނަމަވެސް އެކަމާމެދު ހިތްހަމައެއް ނުޖެހޭ ކަމަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.

ސެންޓްރަލް ފޯވާޑަށް ކުޅޭ ސްޓަރިޖް ކުޅުމަށް ކޯޗު އަންގާފައިވަނީ ކަނާތް ފަޅިއަށެވެ. އޭނާ ވަނީ ރޭގައިވެސް ބެންޗުން ކުޅެން ނިކުމެ ދެ ގޯލު ޖަހާފައެވެ.

އެޓޭކިންގ ސްޓައިލަކަށް ކުޅޭ ލިވަޕޫލްގެ މެދަށް ކުޅުމަށް ކްލޮޕް ހަމަޖައްސާފައިވަނީ ފިރްމީނޯއެވެ. ސްޓަރިޖް ކަނާތް ފަޅިން ކުޅުމަށް އެންގުމުން އޭނާ ބުނެފައިވަނީ މެދަށް ކުޅޭ ކުޅުންތެރިޔަކަށް ފަޅިއަށް ކުޅުވުމުން އުނދަގޫ ވާކަމަށް އޭނާ ވަނީ ތަކުރާރުކޮށްފައެވެ.

އަދި އޭނާގެ ޕޮސިޝަން ބަދަލުކުރުމަށްފަހު އެއީ ކީއްވެގެން ކަމެއް ކޯޗު ބުނެފައި ނުވާ ބުނެ ސްޓަރިޖް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި ސްޓަރިޖް ވަނީ ކަނާތް ފަޅިން އެޓޭކުގައި ބައިވެރިކޮށްފައެވެ. އޭނާ ވަނީ އެމަގާމުގައި ރަނގަޅަށް ނުކުޅެވިފައެވެ. އެމެޗު ލިވަޕޫލް ވަނީ 0-2 އިން ބަލިވެފައެވެ.