Last Updated: April 18, 18:36
Thursday, April 18, 2024
ވިޔަފާރި

ކަނުހުރާ އަށް ބޭނުންވާ 200 މުވައްޒަފުން އައްޑޫން ހޯދަނީ

އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުން އަންނަނ ޅ. ކަނުހުރާ ރިސޯޓަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން 200 އެއްހާ މުވައްޒަފުން ހޯދުމަށް އައްޑޫގައި ޖޮބް ފެއާއެއް ބޭއްވުމަށް އެ ރިސޯޓުން ނިންމައިފިއެވެ.

މޮރިޝަސްގެ ސަން ރިސޯޓްސް ގްރޫޕް އިން ހަދާ ފަސް ތަރީގެ ރިސޯޓުގެ އިސް އޮފިޝަލަކު މިއަދު "އައްޑޫ ލައިވް"އަށް ވިދާޅުވީ ރިސޯޓް 15 އަހަރުވަންދެން ހިންގުމަށްފަހު، މަރާމާތަށް ފަހު އަލުން ހުޅުވާއިރު 400 އެއްހާ މުވައްޒަފުން ރިސޯޓަށް ބޭނުންވާ އިރު އޭގެ ތެރެއިން 200 އެއްހާ މުވައްޒަފުން އައްޑޫން ބޭނުން ކަމަށެވެ.

ފެއާ ހަމަޖެހިފައިވާ ގޮތް:

27 އޮގަސްޓް (ހޮނިހިރު) ހެނދުނު 10 އިން ހަވީރު 6 ޖަހަންދެން ފޭދޫ ސްކޫލްގައި

28 އޮގަސްޓް (އާދީއްތަ) ހެނދުނު 10 އިން ހަވީރު 6 ޖަހަންދެން ހިތަދޫ ޕަވާރ ޕާކް ރެސްޓޯރެންޓްގައި

29 އޮގަސްޓް (ހޯމަ) މެންދުރު ފަހު 2 އިން ފެށިގެން ހަވީރު 6 ޖަހަންދެން ހުޅުދޫ ސްކޫލްގައި

އޮފިޝަލް ވިދާޅުވީ އަންނަ ހޮނިހިރު، އާދީއްތަ އަދި ހޯމަ 3 ދުވަހު، ހިތަދޫ، ފޭދޫ އަދި ހުޅުމީދޫގައި ޖޮބް ފެއާ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ދާދި ފަހުން މާލޭގައި ފެއާއެއް ބޭއްވި އިރު ކުރިއަށް އޮތް ދުވަސްތަކުގައި ޅ އަތޮޅުގައި އިތުރު ފެއާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.