Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ގެއްލުމެއް ނުދެން، ބައެއް ތަކެތި ނެގިން: ގޯދިއްޔާ

ގޯދިއްޔާގެ ޖެނެރެަލް ސެކްރެޓަރީ ހުސެއިން އާބިދު ފަހަރުގައި. އިމިގްރޭޝަން ޓީމްގެ ކުޅުންތެރިން ޗިޕް ގެސްޓަށް ތައާރަފް އަރުވަނީ.

އެފްސީ ރެސްޕެކްޓްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "އުރީދޫ ރެސްޕެކްޓް ފުޓްސަލް ޗެލެންޖް" މުބާރާތް ކުރިއަށް ގެންދާ މަރަދޫ ވެންބޮޅަފިށި، ސްޓޭޑިއަމްގެ ބައެއް ތަކެއްޗަށް ގެއްލުންދީފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށް، އެފަދަ ގެއްލުމެއް ދަނޑަށް ދީފައި ނުވާކަމަށް މަރަދޫ ގޯދިއްޔާ ޖަމިއްޔާއިން ބުނެފިއެވެ.

ގޯދިއްޔާ ޖަމިއްޔާ ހަވާލާދީ "ވާނުވާ"ގައި ބުނެފައިވަނީ ކޮންމެ އަހަރަކު ވެސް ގޯދިއްޔާ ފުޓްސަލް ކަޕަށް މަރަދޫ ދަނޑު ކައުންސިލްގެ ހުއްދައާއި އެކު ގޯދިއްޔާ އިން ނަގާ ކަމަށާއި އެތަނުގައި ގޯދިއްޔާއިން ގާއިމްކޮށްފައިވާ ސެޓަޕް ބޭނުން ކުރުމުގެ ހުއްދަ ރެސްޕެކްޓް ޖަމިއްޔާއަށް ދީފައި ނުވާނެ ކަމަށެވެ.

ގޯދިއްޔާގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން އާބިދް އާއި ހަވާލާދީ އެ ނޫހުގެ ބުނެފައިވަނީ، އެދަނޑުގައި ގޯދިއްޔާއިން ހަދާފައިވާ ސެޓްއަޕް ނެގީ މުބާރާތަށް ގެއްލުން ދިނުމުގެ މަގްސަދުގައި ނޫން ކަމަށާއި އަދި އެއީ މަރަދޫ ޓީމުން މިނިވަން 50 މުބާރާތައް ޕްރެކްޓިސް ކުރުމަށް މަރަދޫ ދަނޑު ބޭނުންވާތީކަމަށެވެ.

އެފްސީ ރެސްޕެކްޓްގެ އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވީ، ގޯދިއްޔާ ޖަމިއްޔާ އާއިއެކު އަނގަބަހުން ވާހަކަ ދެކެވި ދަނޑު ބޭނުން ކުރުމަށް މުއާމަލާތުކޮށްފައިވާ ކަމަށެވެ. އަދި ދަނޑުގައި ހުރި ސެޓަޕް އެޖަމިއްޔާއިން ނެގިނަމަވެސް މުބާރާތް ތާވަލް ކޮށްފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ގޯދިއްޔާ ޖަމިއްޔާއިން މިހާރުވަނީ ދަނޑުގައި ހުރި ސެޓަޕް ނަގާނެ ކަމަށް ރެސްޕެކްޓް ޖަމިއްޔާއަށް ލިއުމަކުން އަންގާފައެވެ.

މުބާރާތް ކުރިއަށް ގެންގޮސް ވަކި ހިސާބަކުން ދަނޑުގެ ސެޓަޕް ގޯދިއްޔާއިން ނެގިކަމަށް ގޯދިއްޔާގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން އާބިދު ބުނެފައިވާ އިރު އާބިދު ކުޅުންތެރިއެއްގެ ގޮތުގައި ހިމެނޭ ކްލަބް އިމިގްރޭޝަން އާއި އެޗްޕީއެލް ބައްދަލު ކުރި މެޗަށް ފަހު، އާބިދު ވަނީ ހިތް ހަމަނުޖެހި، މުބާރާތް އިންތިޒާމް ކުރާ ރެސްޕެކްޓް ޖަމިއްޔާގެ އިސް އޮފިޝަލުންނަށް ބަހުގެ ހަމަލާތަކެއް ދީފައެވެ. އަދި އެއްގެ ރޭ ފަހުން ދަނޑު ބޭރުންވެސް ރެސްޕެކްޓް ޖަމިއްޔާގެ އިސް ފަރާތްތަކަމަށް އަމާޒް ކޮށް ބަހުގެ ހަމަލާ ފޮނުވާފައެވެ.