Last Updated: April 24, 21:50
Wednesday, April 24, 2024
ޚަބަރު

"އަލްޖަޒީރާއަށް މައުލޫމާތު ދިން މީހުންނަށް ފިޔަވަޅު އަޅާނަން"

އަންނަ އާދީއްތަ ދުވަހު އަލްޖަޒީރާއިން ގެނެސްދޭ "ސްޓީލިން ޕެރަޑައިސް" ރިޕޯޓަށް މައުލޫމާތު ދިން ދިވެހިން، ދޮގު މައުލޫމާތުދީފައިވާ ނަމަ އެފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ޕީޕީއެމް ޕީލިމެންޓްރީ ގްރޫޕްގެ ލީޑަރ ނިހާން ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ޓީވީ މޯލްޑިވްސް ގެނެސްދިން ""އަބުރު ރައްކާތެރިކުރުން-ދީނީ އަދި އިންސާނީ ޙައްޤެއް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، ބޭރުގެ މީޑިއާތަކުގައި ރާއްޖެ ބަދުނާމްވާ ފަދަ ގޮތަށް ދޮގު މައުލޫމާތުތަކެއް ދީފައިވާ ނަމަ އެފަރާތްތައް ޒިއްމާދާރު ކުރުވާނެ ކަމަށެވެ.

އަދި ރާއްޖޭގެ ހަމަޖެހުމާއި، އިގްތިސާދު ފުޑާލުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، މިފަދަ ޕްރޮގްރާމް ބްރޮޑްކާސްޓް ކުރުމާއި ރީބްރޮޑްކާސްޓް ކުރާ ފަރާތްތަކުގެ އިތުރުން މިފަދަ ވާހަކަތައް ލިޔާ ނޫސްތަކަށްވެސް ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.

އަލްޖަޒީރާއިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ރިޕޯޓްއަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް އާއި އަދިވެސް އިތުރު ދިވެހިން މައުލޫމާތު ދީފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި "އިންވެސްޓަރުން"ނަށް ހެދިގެން އައި އަލްޖަޒީރާގެ އިންވެސްޓިގެޓް ނޫސްވެރިން ވަނީ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކޮށްފައެވެ.

stealing paradise

އަލް ޖަޒީރާ ޓީވީގެ ޕްރޮގްރާމް ގައިޑުގައި، ރާއްޖެއާ ބެހޭ ޑޮކިއުމެންޓްރީ ދެއްކުން އަންނަ ހަފުތާގެ އަންގާރަ ދުވަހަށް ކުރިން ތާވަލުކޮށްފައި އޮތަސް، މިހާރު ވާ ގޮތުން އެ ޑޮކިއުމެންޓްރީ ޓީވީން ދައްކާނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހު، ރާއްޖެ ގަޑިން ހަވީރު 5:00 ގަ އެވެ.