Last Updated: April 20, 08:46
Saturday, April 20, 2024
ވިޔަފާރި

ސޮނެވާ އޮޕަންޑޭ މިއަދު ހަވީރު ފޭދޫގައި

ފަތުރުވެރިކަމުގެ ދާއިރާއަށް ގާބިލް ޒުވާނުން ނެރުމަށް ސޮނެވާ އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަދު ހަވީރު ފޭދޫގައި އޮޕަންޑޭ ބާއްވަން ނިންމައިފި އެވެ.

ސޮނެވާފުށީގެ އެޗްއާރް މެނޭޖަރު އިސްމާއިލް ޝާހިދު ވިދާޅުވީ "ޖޫނިއާ ހޮސްޓް ޕްރޮގްރާމް" ގެ ދެވަނަ ބެޗަށް ކުދިން ހޯދުމުގެ ގޮތުން އައްޑު އަށް ކުރަމުންދާ ޒިޔާރަތުގައި އިއްޔެ ހިތަދޫގައި ކުދިންނާ ބައްދަލު ކުރުމަށްފަހު މިއަދު ހަނދުނު 9:00 އިން މެންދުރު 2:00 ޖަހަން ދެން ހުޅުމީދޫގައި ހަރަކާތްތެރިވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ޕްރޮގްރާމް ނިންމުމުގެ ގޮތުން ފަހު ސެޝަން ބާއްވާނީ މިއަދު ހަވީރު 5:00 އިން އިރުއޮއްސި 7:00 ޖަހަން ދެން ފޭދޫ ކުދިމާ ޕްރީ ސްކޫލް ގަ އެވެ.

soneva 1

"އިއްޔެ ހިތަދޫން ނާދެވުނު ކުދިންނަށާއި، ދެން ވެސް މި ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުން ހުރިހާ ފަރާތްތަކަށް މިއަދު ހަވީރު މިވަނީ ފުރުސަތު ހުޅުވިފައި،" އޭނާ ވިދާޅުވި އެވެ.

ސޮނެވާގެ ފުރަތަމަ ހޮސްޓް ޕްރޮގްރާމުން 12 ކުއްޖަކު ވަނީ ތަމްރީން ވެފައެވެ.