Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

"އޭ ދިލް ހޭ މުޝްކިލް" ގެ ޓީޒާ

ކަރަން ޖޯހަރުގެ ފިލްމެކޭ ބުނެފި ނަަމަ އެއަށް އިންތިޒާރު ކުރާ މީހުން މިލިއަނުން ގުނައިލެވޭނެ އެވެ. މި އަހަރަކީ އަނެއްކާ ވެސް ކަރަމްގެ ޑައިރެކްޝަނެް ބެލުންތެރިންނާ ހަމައަށް އަންނާނެ އަހަރަކެވެ.

އިންތިޒާރުކޮށްލަން ޖެހެނީ އަންނަ އޮކްޓޯބަރު މަހުގެ 28 އަށެެވެ. އެ ދުވަހު ކަރަންގެ އާ ފިލްމް "އޭ ދިލް ހޭ މުޝްކިލް" ސިނަމާތަކަށް އަންނާނެ އެވެ.

ފިލްމުގެ ޕްރޮމޯޝަނަލް ހަރަކާތްތައް ވެސް މިހާރު ފެށުނީ އެވެ. ފިލްމުގެ ތަފާތު ތިން ޕޯސްޓަރަކާއި ފިލްމުގެ ފުރަތަމަ ޓީޒާ މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިގަ އެވެ.

ކަރަން އަމިއްލަ އަށް ލިޔެފައިވާ އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދާފައިވާ "އޭ ދިލް ހޭ މުޝްކިލް" ގެ ތަރިންނަކީ އައިޝްވާރިޔާ ރާއީ، ރަންބީރު ކަޕޫރު، އަނުޝްކާ ޝަރްމާ އަދި ފަވާދު ހާނެވެ.

މި ހުރިހާ ތަރިންނަކީ ވެސް ކަރަންގެ ޑައިރެކްޝަނަކުން ފުރަތަމަ ފަަހަރަށް ފެނިގެންދާ ތަރިންނެވެ.

ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ޝާހްރުކް ހާން ވެސް ފެނިގެން ދާނެ ކަމަށް އެނގިފައިވެ އެވެ.

"އޭ ދިލް ހޭ މުޝްކިލް" އަކީ "ކުޗް ކުޗް ހޯތާ ހޭ" ފަދަ މަޝްހޫރު ފިލްމްތައް ހަދާފައިވާ ކަރަންގެ ފަސް ވަނަ ޑައިރެކްޝަނެވެ.

އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ އާ ތަރިންތަކެއް ބޮލީވުޑަށް ތައާރަފު ކުރި 2012 ގައި ރިލީޒް ކުރި "ސްޓޫޑަންޓް އޮފް ދި އިޔާ" އެވެ.