Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހިތަދޫގައި ފެން ބޮޑުވި ކަމެއް ނޭނގޭ: ޑިޒާސްޓާ

އައްޑު އަަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ހިތަދޫގެ ގެތަކުގައި ފެން ބޮޑުވެފައިވާ އިރު އެކަން މިހާތަނަށް އެނގިފައި ނުވާ ކަމަށް ޑިސާސްޓާ މެނޭޖްމެންޓުން ބުނެފި އެވެ.

މިއަދު ހެނދުނު އައްޑުއަށް ކުރި ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ހިތަދޫގެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ރައްޔިތުންނަށް ދަތި އުނދަގޫތައް ކުރިމަތިވަމުން ދާ އިރު އެކަން ހައްލު ކުރުމަށް ކަމާބެހޭ ފަރާތްތަކުން އެދެވޭ މަސައްކަތެއް ކުރަމުން ނުދާ ކަމަށް ފާހަގަ ކުރެވެ އެވެ.

14102407_10210955774400240_5468948909119867003_n

ޑިޒާސްޓަރ ސެންޓަރުގެ މީޑިއާ އޮފިޝަލް މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ އައްޑޫގައި ފެންބޮޑުވެ ގެއްލުން ލިބުނު ކަމުގެ މައުލޫމާތު އަދި މިހާތަނަށް ލިބިފައި ނުވާކަމަށެވެ. ނަމަވެސް މޫސުމް ގޯސްވެ، ރީދޫ އެލާޓް ނެރެ މޮނިޓަރ ކުރަމުން އަންނަ ކަމަށެވެ.

flooding2

ވާރޭ ވެހުމާއި ގުޅިގެން ހިތަދޫ ލިލީމަގު ލިންކު ރޯޑާ ގުޅޭ ހިސާބުގައި ފެން ބޮޑުވެފައިވާ އިރު ސަންލައިޓް ހިނގުމާއި ޒިޔާރަތްފަންނު މަގާއި ލިންކު ރޯޑާއި ގުޅޭ މަގު ސަރަހައްދުން ފެން ހިއްކުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އާއި އެމްއާރްޑީސީން އަންނަނީ ކުރަމުންނެވެ.

ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ މުހައްމަދު ފައިސަލް ވިދާޅުވީ، ހައުސިން މިނިސްޓްރީގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފައިސަލް ވިދާޅުވީ ހައުސިން މިނިސްޓްރީގައި މާގިނަ ވަސީލަތެއް ނެތް ކަމަށާއި، ކަމާއި ބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށެވެ.