Last Updated: April 20, 09:47
Saturday, April 20, 2024
މުނިފޫހިފިލުވުން

އަނޫރާގް ދަރިފުޅާ އެކު ރާއްޖޭގައި

"ބޮމްބޭ ވެލްވެޓް" އާއި "ގުލާލް" އަދި "ގޭންގްސް އޮފް ވަސޭޕޫރް" ފަދަ ފިލްމްތުތައް ޑައިރެކްޓްކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކޭޕަޝް ދަރިފުޅު އާލިއާ އާ އެކު ޗުއްޓީ ހޭދަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ.

އެ މީހުން ޗުއްޓީ ހޭދަ ކުރާ ކޮކޯ ބޮޑުހިތި ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ވަނީ އަނޫރާގާއި އާލިޔާގެ އިސްޓަގްރާމްގައި ހިއްސާކޮށްފަ އެެވެ.

އެ މީހުން ރާއްޖެ އައިސްފައި ވަނީ އަނޫރާގްގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ. މިއަދަކީ އޭނާގެ 44 ވަނަ އުފަން ދުވަހެވެ.

ފަހަކަށް އައިސް ބޮލީވުޑްގެ ފަންނާނުންގެ ވަަރަށް މަގުބޫލް ޗުއްޓީ މަންޒިލަކަށް ރާއްޖެވެފައިވާ އިރު، މިއީ އަނޫރާގް ރާއްޖެ އައި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

އޭނާގެ ދަރިފުޅު އާލިޔާއަކީ އެމެރިކާގައި ކިޔަވަމުން އަންނަ ކުއްޖެކެވެ.

anurag-kashyap-rings-in-his-44th-birthday-with-daughter-aaliyah-15_1

ޑައިރެކްޓް ކުރުމުގެ އިތުރުން އަނޫރާގް ބައެއް ފިލްމުތަކުގައި އެކްޓްކޮށްފައި ވެސް ވެ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މި މަހުގެ 2 ގައި ރިލީޒް ކުރި ސޮނާކްޝީ ސިންހާ ލީޑް ރޯލް ކުޅެފައިވާ "އަކީރާ" އިންނެވެ.

We had company for breakfast and a go-pro stick scared her away .. #maldives #cocoboduhithi

A video posted by Anurag Kashyap (@anuragkashyap10) on

އަނޫރާގް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަމީ ނަވާޒުއްދީން ސިއްދީގީ ޓައިޓްލް ރޯލް ކުޅުނު "ރަމަން 2.0" އެެވެ.

މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރާއި އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ އާއި ދެ ދަރިން ވެސް މިހާރު އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.