Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

ލިޓްލް މުއުމިންސް ޑޭ ކެއާ: ލޯތްބާ އެކު!

"ލިޓްލް މުއުމިންސް ޑޭކެއަރ" ޖަހާފައިވާ ޢިމާރާތުގެ ގޭޓުން އެތެރެއަށް ވަނީމެވެ. ތުއްތު ކުދިންކޮޅެއް ގޮވައިގެން އަންހެނުންތަކެއް ހޭލަމޭލަވަނީއެވެ. އެއްބައި ކުދިން "އައްޕަޑާ" (ހޮޕްސްކޮޗް) ކުޅެނީއެވެ. އަނެއްބައި ކުދިން ބޮޑު ސޭންޑް ޕިޓެއްގައި ވެލިކުޅެނީއެވެ. އަދި އެހެން ކުދިންތަކެއް ބައިސްކަލް ދުއްވަން ޚާއްސަކޮށްފައިވާ ޓްރެކެއްގައި ބައިސްކަލް ދުއްވަނީއެވެ.

މިއީ އައްޑޫގައި ފުރަތަމަ ފަހަރަށް ހުޅުވި ޑޭކެއާ ސެންޓަރު، "ލިޓްލް މުއުމިންސް ޑޭކެއާ" އަށް ވަނުމުން ފެނުނު މަންޒަރެވެ. މިއީ ކުޑަކުދިންނާ ވަރަށް އެކަށީގެންވާ ގޮތަކަށް ޑިޒައިން ކުރެވިފައިވާ ވަރަށް ހިތްގައިމު މާޙައުލެކެވެ.

ކުޑަކުދިން ބަލަހައްޓައިދޭ ޑޭކެއާ ސެންޓަރުތަކުގެ ޚިދުމަތަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް، ދެމުން އަންނަ ޚިދުމަތެކެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް މި ޚިދްމަތް ދޭން ފެށިތާ ގިނަ ދުވަސްތަކެއް ވީ ނަމަވެސް މިއީ އައްޑޫގައި މިފަދަ ސެންޓަރެއް ހުޅުވި ފުރަަތަމަ ފަހަރެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަވަމުން ލިޓްލް މުއުމިންސް ޑޭކެއާގެ މެނޭޖަރު ފަޒީލާ ފަތުޙީ ވިދާޅުވި ގޮތުގައި ޑޭކެއާ ސެންޓަރާމެދު ވަރަށް ގިނަ ފަހަރު މުޖުތަމައު ދެކެނީ ޑޭކެއާ އަކީ ހަމައެކަނި ކުދިން ބަލަހައްޓައިދޭ ތަނެއްގެ ގޮތުގައެވެ. އެހެންކަމުން ޑޭކެއަރ އަށް ފޮނުވަން ޖެހޭނީ ހަމައެކަނި ގޭގައި ކުއްޖާ ބަލާނެ މީހަކު ނެތިގެން ކަމުގައި ވަރަށް ގިނަ ފަހަރު މުޖުތަމަޢު ދެކޭ ކަމަށް ފަޒީލާ ވިދާޅުވިއެވެ.

" މިއީ ހަމައެކަނި ވަޒީފާއަށް ދާބެލެނިވެރިން ނުވަތަ ކުދިން ބެލޭނެ ގޮތެއް ނެތިފައި ތިބޭ ބެލެނިވެރިންގެ ކުދިން ފޮނުވާ ތަނެއް ނޫން. ގޭގައި ކުއްޖާ ބަލާނެ މީހަކު ހުރިކަމުގައި ވިޔަސް ކުއްޖާގެ ވިސްނުމާއި ތަރައްގީއަށްޓަކައި ބޭނުންވާ ތަފާތު ހަރަކާތްތައް ގޭގައި ހިންގުމަކީ ގިނަފަހަރު އުނދަގޫކަމެއް. ހަމައެހެންމެ ގޭގައި ކުއްޖާގެ އިޖްތިމާޢީ ހުނަރު ތަރައްގީކުރުމަކީ ޚާއްޞަކޮށް ކުދި އާއިލާތަކަށްބަލާއިރު އުނދަގޫކަމެއް. އެހެންކަމުން އަޅުގަނޑުމެންގެ މިމާހައުލުން ކުދިންގެ ތަރައްގީއަށް ވަރަށް އެދެވޭ ބަދަލުތަކެއް ގެނެވިދާނެ. އެކަން މިހާރުވެސް އަޅުގަނޑުމެންގެ މިސެންޓަރުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ތަޖުރިބާ ކުރެވިފައިވާނެ. " ފަޒީލާ ވިދާޅުވިއެވެ.

ހަމައެކަނި ކުދިން ބަލަނީ އެއް ނޫން!

14225373_1109534052416885_1709113784258833563_n

14232616_1113774998659457_4432210644974594246_n

ލިޓްލް މުއުމިންސް ޑޭކެއާ ސެންޓަރުގެ ހަރަކާތްތައް ރޭވިފައިވާ ގޮތަށް ބަލާއިރު ކުދިންގެ ތަރުބިއްޔަތަށާއި ތަފާތު ހުނަރުތައް ތަރައްޤީކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރެވެއެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ގޭތެރޭގައި އެކަހެރި މާހައުލެއްގައި ޓީވީ ދޮށުގައި ކާޓޫނު ބަލަން އާދަވެފައިވާ ކުދިންނަށް އެހެން މާހައުލެއް ހޯދައިދިނުމެވެ. އަދި އެހެންކުދިންނާ ގުޅިގެން އުޅުމުގެ ހުނަރު ތަރައްގީކުރުމަށް މަސައްކަތް ކުރުމެވެ. ރިވެތި އަޚްލާޤާއި ސްލޫކުގެ އިތުރުން ނަފްސަށް އިހްތިރާމް ކުރުމާއި އިތުބާރު ކުރަން ދަސްކޮށް ދިނުމުގެ އިތުރަށް ކުއްޖާ އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދީ، ދިރިއުޅުމުގެ ތަފާތު އާދަތައް ދަސްކޮށްދިނުމަށް މަސައްކަތް ކުރުމެވެ.

ކޮންމެ ކުއްޖަކަށް ވެސް ފުރިހަމަ އަޅާލުން ލިއްބައިދެވޭނެ!

14225373_1109534052416885_1709113784258833563_n

ޑޭކެއާ ސެންޓަރުތަކަށް ކުދިން ފޮނުވުމަށް ބައެއް ބެލެނިވެރިން ޖެހިލުންވާ އެއްކަމަކީ، ކުދިންނަށް އެންމެ ފުރިހަމައަށް އަޅާލުން ނުލިބިދާނެ ކަމުގެ ބިރެވެ. ތަފާތު އެކި އުމުރުފުރާތަކުގެ ކުދިންނަށް އެއްފަހަރާ އެއްހަރަކާތެއް ކުރިއަށް ގެންދިއުމުގެ މައްސަލައެވެ.

ލިޓްލް މުއުމިންސް ޑޭކެއާ ސެންޓަރުން ދޭ ގެރެންޓީ އަކީ މިއެވެ. ޑޭކެއާ ސެންޓަރުގެ ހުރިހާ ހަރަކާތެއް ވެސް ކުރިއަށް ގެންދާނީ ތަފާތު އެކި އުމުރު ފުރާތަކަށް ބަހާލައިގެންނެވެ. އެއްއުމުރެއްގެ ވިޔަސް ތަފާތު ފެންވަރުގެ ކުދިންނަށް އެކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ފުރިހަމައަށް ލިއްބައި ދެވޭނެއެވެ.

ބެލެނިވެރިންނަށް ވަރަށް އުފާވެރި ޚަބަރެއް!

ލިޓްލް މުއުމިންސް ޑޭކެއަރ އިން ބެލެނިވެރިންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ މިއެވެ. މިތަނުން ޚިދުމަތް ހޯދާ ކުދިންނަށް ކީރިތި ޤުރުއާން ތަޖްވީދު މަގަށް ކިޔަވަން ދަސްކޮށްދިނުމަށް އިތުރު ކުލާހަކަށް ފޮނުވަން ނުޖެހޭނެކަމުގެ ޔަޤީންކަމެވެ.

އަދި ހަމައެހެންމެ ޢުމުރާ ގުޅޭގޮތުން ނަމާދުކުރުމަށް ދަސްކޮށް ދިނުމާއި އިސްލާމީ ރިވެތި އާދަތައް ދަސްކޮށްދޭނެ ކަމުގެ ޔަޤީންކަމެވެ. ހަމައެގޮތަށް ހަށިގަނޑުގެ ތަރުބިއްޔަތާއި ކުދިންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ. ހަމައެހެންމެ އެކުރާކަމަކަށް ސަމާލުކަން ދީގެން ގިނައިރު ތިބެން ދަސްކޮށްދިނުމެވެ.

ޚިދުމަތް ހޯދާ ކުދިންނަށް ކީރިތި ޤުރުއާން ތަޖްވީދު މަގަށް ކިޔަވަން ދަސްކޮށްދިނުމަށް އިތުރު ކުލާހަކަށް ފޮނުވަން ނުޖެހޭނެ ކަމުގެ ޔަޤީންކަން އަދި ކުއްޖާގެ ޢުމުރާ ގުޅޭގޮތުން ނަމާދުކުރުމަށް ދަސްކޮށް ދިނުމާއި އިސްލާމީ ރިވެތި އާދަތައް ދަސްކޮށްދޭނެ ކަމުގެ ޔަޤީންކަން، ލިޓްލް މުއުމިންސް ޑޭކެއަރ އިން ދޭ.

" އެއްކަމަކަށް ސަމާލުކަން ދީގެން ތިބެން އުނދަގޫވުމަކީ މިހާރުގެ ކުދިންނާމެދު ވަރަށް ގިނަ ބެލެނިވެރިން ކުރާ ޝަކުވާއެއް. އަޅުގަނޑުމެންގެ އެކްޓިވިޓީތައް ތައްޔާރު ކުރުމުގައި މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާނެ. " ފަޒީލާ ވިދާޅުވިއެވެ.

ކޮންމެ ހަފްތާއަކު އެއްދުވަހު ޕޫލްޑޭ!

14328899_1080992838623198_643535781_n

ލިޓްލް މުއުމިންސް ޑޭކެއާގެ އަނެއް ޚާއްޞަ ކަމަކީ ކުޑަކުދިންނާ ގުޅޭގޮތަށް ތައްޔާރު ކުރެވިފައިވާ ޕޫލެވެ. އެސެންޓަރުން ބުނާގޮތުގައި ޢާއްމުކޮށް ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހަކީ ޕޫލްޑޭއެވެ. މިގޮތުން މިހާރުވެސް ކޮންމެ ހަފްތާއެއްގެ ޕޫލްޑޭއަކީ ސެންޓަރުން ޚިދުމަތް ލިބިގަންނަ ކުދިންނަށް ވަރަށް އުފާވެރި ދުވަހެކެވެ.

ޑްރޮޕްއިން ގެ ޚިދުމަތް، މައިންބަފައިންނަށް ބޮޑު ފަސޭހައެއް!

ބައެއްފަހަރު ޑޮކްޓަރަށް ދިއުމަށް ނުވަތަ ސްކޫލް މީޓިންގް އަކަށް ނުވަތަ ބާޒާރުކޮށްލަން ދާން ޖެހޭއިރުވެސް ކުއްޖާގެ ވަގުތު އެދެވޭ ގޮތެއްގައި އުފާވެރި މާހައުލެއްގައި، ހޭދަކުރުވުމަށްޓަކައި ޑޭކެއާ ސެންޓަރަށް ފޮނުވުމަކީ ބޮޑުފަސޭހައެކެވެ. ލިޓްލް މުއުމިންސް ޑޭކެއާއިން ބުނާގޮތުގައި އެފަދަ މައިންބަފައިންނަށްވެސް އެސެންޓަރުން މަރުހަބާ ކިޔައެވެ. މިގޮތުން ސެންޓަރު ހުޅުވިފައި ހުންނަ ކޮންމެ ވަގުތެއްގައިވެސް ގަޑިއިރަކަށް ނުވަތަ އެއަށްވުރެ ގިނަ އިރަށްވެސް ކުއްޖާ ސެންޓަރާ ހަވާލުކުރެވިދާނެއެވެ.

ކުދިން ބެލެހެއްޓުމުގައި ތަޖުރިބާކާރު އަތްތަކެއް!

ލިޓްލް މުއުމިންސް ޑޭކެއާގައި ހަރަކާތްތެރިވަނީ ކުދިން ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ ހުނަރުވެރި ފަރާތްތަކެކެވެ. އަދި ކުދިންގެ ހުނަރު ތަރައްގީ ކުރުމަށް އެކަށީގެންވާ އެހީފޯރުކޮށްދެވޭނެ އަތްތަކެކެވެ.
" މިތަނުގައި ކުދިންގެ ކަންތައްތަކުގައި އުޅުއްވާނީ ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުން " ފަޒީލާ ވިދާޅުވިއެވެ.

ލިޓްލް މުއުމިންސް ޑޭކެއާގެ އަގުތައް ކަނޑައެޅިފައިވަނީ ސެންޓަރުގައި ކުދިން ހޭދަކުރާ ވަގުތުތަކަށް ބަލައި މަހުފީއެއް ނަގާ ގޮތަށެވެ. އެސެންޓަރުން ބުނާގޮތުގައި ނެގޭ ފީއަކީ ތަނުން ދޭ ޚިދުމަތާ އަޅާބަލާއިރު ވަރަށް އެކަށީގެންވާ ފީއެކެވެ. 2 އަހަރުން ފެށިގެން 10 އަހަރާ ދެމެދުގެ ކުދިންގެ މައިންބަފައިންނަށް މިފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ލިޓްލް މުއުމިންސް ޑޭކެއާ: 6888808

ލިޓްލް މުއުމިންސް ޑޭކެއާގެ ފޭސްބުކް ޕޭޖް