Last Updated: March 28, 16:21
Thursday, March 28, 2024
މުނިފޫހިފިލުވުން

"ތުމް ބިން 2" ވެސް ހިތާ ކުޅެލާނެ

އަނޫބާވް ސިންހާ 2001 ވަނަ އަހަރު ގެނެސް ދިން އަސަރު ގަދަ ލޯބީގެ ފިލްމް "ތުމް ބިން" ގެ ސީކްއެލް "ތުމް ބިން 2" މި އަންނަ ނޮވެމްބަރު ސިނަމާތަކަށް އަންނާނެ އެވެ.

ފިލްމާ ދޭތެރޭ ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަމީ ފިލްމުން ހިތްގައިމު ވާހަކައަކާއި މޮޅު އެކްޓިން އާއިި ރީތި ލަވަތަކެއް ފެނިގެން ދާނެ ކަަމަށެވެ.

"ތުމް ބިން 2" ގެ ފުރަތަމަ ޓީޒާ މިހާރު ވަނީ ދައްކާލައިފަ އެވެ. ޓީޒާ ބަލާލުމުން ފިލްމް ވަރަށް ރީތި ވާނެ ކަމަށް މިހާރު ވެސް ވަނީ ގަބޫލް ކުރެވިފަ އެވެ. އެހެންވެ "ތުމް ބިން" ގެ ޖާދޫ މިހަފަރު ވެސް ފެނިގެން ދާނެ ކަަމަށް ގަބޫލު ކުރެވެ އެވެ.

1091251174

އެކަމަކު މި ފިލްމުން ކުރީގެ ފިލްމުގެ ލީޑް ރޯލުން ފެނުނު އެއްވެސް ތަރިއަކުން ނުފެންނާނެ އެވެ.

"ތުމް ބިން 2" ގެ ލީޑް ރޯލުން ފެނިގެން ދާނީ ނީހާ ޝަރްމާ އާއި އަލަށް ތައާރަފުވާ އާސިމް ގުލާޓީ އަދި އަދިތިޔާ ސީލް އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމް ސިނަމާތަަކަށް އަންނާނީ ނޮވެމްބަރު މަހުގެ 18 ގަ އެވެ.