Last Updated: April 19, 18:16
Friday, April 19, 2024
މުނިފޫހިފިލުވުން

ކަޕިލް އާއި ސުނިލް ރާއްޖޭގައި

ސޮނީ ޓީވީން މިހާރު ދައްކާ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝޯ" ހޯސްޓް ކަޕިލް އާއި އެ ޝޯގެ އެންމެ މުހިއްމު އެކަކު ކަމަށްވާ ސުނިލް ގްރޯވާ ޗުއްޓީއަކަށް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އެ ދެ މީހުންނާ އެކު އެއާޕޯޓުން ބައެއް މީހުން ވަނީ ފޮޓޯ ވެސް ނަގައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ފިލްމީ ތަރި އަހުމަދު ޝާހް އަލީ ވެސް ހިމެނެ އެވެ.

މި ފަހަކަށް އައިސް ބޮލީވުޑްގެ ފަންނާނުން ޗުއްޓީ އަށް ރާއްޖެ އައުން އިތުރުވެފައިވާ އިރު މިއީ ކަޕިލް އާއި ސުނިލް ރާއްޖެ އައި ފުރަތަމަ ފަހަރު އެވެ.

14322628_10154654915559427_3723980814340987144_n

އެނގިފައިވާ ގޮތުގައި އެ ދެ މީހުން ޗުއްޓީ ހޭދަ ކުރަނީ އިންޑިއާގެ ކުންފުންޏަކުން ހިންގާ ތާޖް އެގްޒޯޓިކާގަ އެވެ.

އާންމުންގެ މެދުގައި ވަރަށް މަގުބޫލް މި ދެ ކޮމިޑިއަނުންނަކީ މިހާރު ފިލްމީ ތަރިން ވެސް އެވެ.

ކަޕިލްގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ކިސް ކިސްކޯ ޕިޔާރް ކަރޫން" އެވެ.

gjh

ސުނިލް މިހާތަނަށް ގިނަ ފިލްމުތަކެއްގައި ސަޕޯޓިން ރޯލްތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ދާދި ފަހުން ރިލީޒްވި "ބާގީ" އާއި "ގައްބަރު" ފަދަ ފިލްމްތައް ފާހަގަކޮށްލެވެ އެވެ.

"ދަ ކަޕިލް ޝަރްމާ ޝޯ" އަކީ ކޮންމެ ހޮނިހިރަކާއި އާދީއްތަ ދުވަހު ގެނެސްދޭ ޝޯއެކެވެ.

މިރޭގެ ޝޯ ހާއްސަވެފައި ވަނީ ރިތޭޝް ދޭޝްމުކާއި ނަރްގިސް ފަޙްރީއަށެވެ. އެ ދެ މީހުންގެ ފިލްމް "ބަންޖޯ" މިރޭގެ ޝޯގައި ޕްރޮމޯޓް ކުރާނެ އެވެ.

ކަޕިލްގެ މި ޝޯއަކީ ފުރަތަމަ "ކޮމެޑީ ނައިޓްސް ވިތު ކަޕިލް ޝަރްމާ" ގެ ނަމުގައި ކަލާޒް އިން ގެނެސް ދިން ޝޯއެކެވެ.