Last Updated: April 24, 23:11
Thursday, April 25, 2024
ރިޕޯޓް

ބްރިގެޑިއާ އިބްރާހިމްދީ މަދިރި ކޮންޓްރޯލް ކުރައްވަނީ

ހިތަދު އަށް ދިމާވެފައިވާ މަދިރީގެ މައްސަލަ ހައްލުކުރުމަށް، އާއްމުންނާއި ގުޅިގެން މަދިރި ކޮންޓްރޯލް ކުރުމުގެ އިޖްތިމާއީ މަސައްކަތެއް ގޮތުން ކުރީގެ ބްރިގޭޑިއާރ ޖެނެރަލް (ރިޓަޔާޑް) އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމްދީދީ ފައްޓަވައިފި އެވެ.

މީގެ ކުރިންވެސް މަދިރި ކޮންޓްރޯލް ކުރުމަށް އެކި ފަހަރުމަތިން ސިފައިންގެ ތެރޭގައި އުޅުއްވި އިރުވެސް އަމިއްލަ ހައިސިއްޔަތުން މަސައްކަތް ކުރެއްވި އިބްރާހިމް ދީދީ،ގެ މިފަހަރުގެ މަސައްކަތް ބޮޑަށް އަމާޒުކޮށްފައިވަނީ މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމާއި، ފެންގަޑު ހެދިފައި ހުންނަ އޮޅު ފަދަ ތަންތަނަށް ހާއްސަ އޯގަނިކް މާއްދާތައް އަޅައިގެން މަދިރި އާލާވުން ހުއްޓުވުމަށެވެ.

އެގޮތުން ހުކުރު ދުވަހު އަމަލީ ގޮތުން މަސައްކަތް ފަށާފައިވާ އިރު، ރަށު ތެރޭގައި ފަޅަށް ހުރި ބޮޑެތި ގޯތިތަކުގެ ތެރެއަށް ފޮގް ކުރުމުގެ އިތުރުން އެފަދަ ގެތަކުގެ ވެރިންނާއި ގުޅިގެން އެތަންތަނުގައި ހުރި ފެން ހަރުލާ ތަންތަނަށް ވަނީ އޯގަނިކް ބޭސް އަޅާފައެވެ.

madhiri

"މަދިރި ކޮންޓްރޯލް ކުރުމުގައި ފަޅު ގޯތިތަކުގައި ހުންނަ މަދިރި އާލާވާ ތަންތަން ނައްތާލެވޭނެ އިންތިޒާމްތަކެއް ރާވަން އެބަޖެހޭ. އޭގެ އިތުރުން ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލުމާއި، އޮޅު ފަދަ ތަންތަނަށް އޯގަނިކް މަދިރި ލާވާ ނައްތާލަން ހާއްސަ އެއްޗެއް ބޭނުން ކުރަމުން މިދަނީ"

އިބްރާހިމް ދީދީ ވިދާޅުވީ ރަށުތެރޭގައި ހުންނަ ފަޅު ގޯތިތަކުގެ މީސްމީހުންނާއި މަޝްވަރާކޮށްގެން އެފަރާތްތަކާއި ގުޅިގެން އެތަންތަން ސާފު ކުރެވޭނެ ކަމަށެވެ.

14407689_10153715519266150_139460219_n

"އެގޯތިތަކުގެ މީސްމީހުންނަށް އެކަނިވެސް މިކަން ކުރަން ދަތިވާނެ، އެންމެން ގުޅިގެން މިކަމަށް ހައްލެއް ހޯދޭނީ" އިބްރާހިމް ދީދީ ވިދާޅުވިއެވެ.
14389737_10153715519196150_1712022573_n

އައްޑޫގައި 2009 ވަނަ އަހަރު ޑެންގީ ހުން އާދަޔާ ހިލާފަތް ބާރަށް ފެތުރުނު އިރު އެމްއެންޑީއެފް ސަދަން އޭރިއާ އާއި ހަވާލުވެ ހުންނަވައިގެން ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން އެކުލަވާލި ޓާސްކް ފޯސް ހިންގެވި އިބްރާހިމް ދީދީ ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެެއްގައި މަދިރި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މި މަސައްކަތަކީ އިޖްތިމާއީ މަސައްކަތެއް މިކަމުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވެ، މަދިރީގެ އުދަނގުލުން އެންމެން ސަލާމަތް ވާނެ ގޮތެއް ހޯދަން އެބަޖެހޭ" އިބްރާހިމް ދީދީ ވިދާޅުވިއެވެ.

މި ދުވަސްވަރަކީ އައްޑޫއަށް ބޯކޮށް ވާރޭ ވެހިފައިވާ ދުވަސްވަރެއް ކަމުން މަދިރީގެ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި ޑެންގީ ފަދަ ނުރައްކާ ތެރި ބަލިތަކުން ސަލާމަތް ވުމަށް ހުރިހާ ރައްޔިތުން ގުޅުގެން މަސައްކަތް ކުރަން ވަނީ ޖެހިފައެވެ.