Last Updated: March 29, 16:28
Friday, March 29, 2024
ޚަބަރު

އަމީން ފައިސަލް ފުލުހަށް ހާޒިރުވާން އަންގައިފި

އަމީން ފައިސަލް ރައީސް ނަޝީދާއެކު: ފޮޓޯ- ވީނިއުސް

ރައީސް ނަޝީދުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމު އަދާކުރެއްވި ހ.ތަނޑިރަތްމާގެ އަމީން ފައިސަލް ފުލުހުންގެ އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.

ފުލުހުން އަމީން ފައިސަލް ހާޒިރުވުމަށް އަންގާފައިވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އޭނާގެ ބަޔާން ނެގުމަށް ކަމަށް ޗިޓުގައި ބުނެފައިވެއެވެ. ނަމަވެސް އަމީން ފައިސަލާއި ސުވާލުކުރުމަށް ހާޒިރުކުރުވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބަލަމުންދާ އެކި މައްސަލަ ތަކުގެ ތަހުގީގަށް އިދިކޮޅު އިއްތިހާދުގެ އެކި ފަރާތްތަކުން ވަނީ ފާއިތުވެދިޔަ މަސްތަކުގައި ހާޒިރުކޮށް ސުވާލުކޮށްފައެވެ. އޭގެ ތެރޭގައި އަހުމަދު ތަސްމީނު އަލީ، ހަސަން ލަތީފު އަދި ޝިދާތާ ޝަރީފުވެސް ވަނީ މިދިޔަ ޖުލައި މަހުގައި ފުލުހުންނަށް ހާޒިރު ކޮށްފައެވެ.