Last Updated: March 29, 09:42
Friday, March 29, 2024
ޚަބަރު

މި ކުރަނީ އެމްޑީޕީ ހަރުދަނާ ކުރުމުގެ މަސައްކަތް: އަލްހާން

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ކުރާ މަސައްކަތަކީ އެޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރުދަނާ ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް އަލްހާން ނިންމަވާފައިވާއިރު އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ކުރައްވަމުން އަންނަ މަސައްކަތަކީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރުދަނާ ކުރުމާއި ޕީޕީއެމްގެ އިތުބާރު ގެއްލިފައި އޮތް ސަރުކާރު އިންތިޚާބަކުން ބަދަލު ކުރެއްވުމުގެ މަސައްކަތް ކަމަށެވެ.

އެމްޑީޕީގެ ރައީސް، ނަޝީދަށް އަލްހާނުގެ ފާޑުކިޔުންތައް ފަހަކަށް އައިސް އަމާޒުވަމުން އަންނައިރު އޭނާއަށް އެޕާޓީގެ ތެރެއިން އެއްވެސް މަގުބޫލުކަމެއް މިހާތަނަށް ލިބެމުން އަންނަ ތަނެއް ނުފެނެއެވެ.

ރޭގައި ޗެނެލް 13 ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަލްހާން ވަނީ އެންމެ ފުރަތަމަ ގާނޫނު އަސާސީއާ ހިލާފުވެފައިވަނީ ރައީސް ނަޝީދު ކަމަށް ވިދާޅުވެފައެވެ.

cqnzphcviaejkig

އެގޮތުން 2011 ވަނަ އަހަރު ސަލާމަތީ ބާރުތައް މެދުވެރިކޮށް އަބްދުﷲ ގާޒީ ހައްޔަރުކުރުމުން ސުޕްރީމް ކޯޓުން އޭނާ ދޫކޮށްލުމަށް އަމުރުކުރުމުން އެއަމުރާ ނަޝީދު ޚިލާފު ވެވަޑައިގަތުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް އަލްހާން ވަނީ ބުނެފައެވެ.

ޕާޓީގެ މެމްބަރުންގެ ފާޑުކިޔުންތަކާއި ނުރުހުންތައް އަލްހާނުގެ ފިކުރަށް އަމާޒުވެފައިވާއިރު އޭނާ މަސައްކަތް ކުރަމުން އަންނަނީ އެކަން ބަދަލުކުރުމަށެވެ.