Last Updated: April 18, 22:36
Thursday, April 18, 2024
ސިޔާސީ

"ރުހޭ ގޮތަކަށް ޔަމީނަށް ވެރިކަމެއް ނުކުރެއްވޭ"

މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުން ރުހޭ ގޮތަށް އެއްވެސް ކަމެއް ނުކުރެއްވުނު ކަމަށާއި ރާއްޖެގައި އިންސާފުން ހިނގާ ގާނޫނީ މިނިވަން މުއައްސަސާތަކެއް ހުރި ނަމަ ރައީސް ޔާމީން މިއަދާ ހަމައަށް ވެރިކަމުގައި ނުހުންނަވާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ރޭ މާލޭގައި ބޭއްވި ޖަލްސާގައި ނިޒާރު ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުން ރުހޭ ގޮތަށް ކަމެއް ނުކޮށްދެވޭ އިރު ފެންނަމުން ދަނީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، އަނިޔާދީ، އަދި ނުހައްގު ގޮތުގައި އަމިއްލަ ފައިދާ އަށް މަސައްކަތްކުރާ މަންޒަރު ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އެމްޔޫއޯގެ ތެރެއިން ރިޔާސީ ކެނޑިޑޭޓަކު ނުނެރެވޭނެ ކަމަށް މިހާރު ހޯމަ މިނިސްޓަރު އަހުމަދު އަޒްލީން ވިދަޅުވާ އިރު، ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ތިއްބެވި ސިޔާސީ ހުރިހާ ބޭފުޅުން ރައީސް ޔާމީން ވަނީ ޖަލަށް ލައްވާފައި ކަމަށެވެ.

ނިޒާރު ވިދާޅުވީ ޖަލުގައި ތިއްބެވި ސިޔާސީ ހައްޔަރީންނަކީ ގިނަ ދިވެހި ރައްޔިތުންތަކެއް އެބޭފުޅުންގެ ފަހަތުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.

14333714_10154556814864766_6590374490413869673_n

އެހެންވެ މިފަދަ ކަންކަމަކީ ލަދުވެތި އަދި ބިރުވެރި ކަމެއް ކަމަށާއި އަދި މިއީ ރައްޔިތުންނަށް ނާއިންސާފުން ދެވޭ ހަމަލާތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިޒާރު އަދި ވިދާޅުވީ މެގަ ޕްރޮޖެކްޓްތަކުގެ ނަމުގައި މަޝްރޫއުތައް ހިންގަނީ ވެސް ރައްޔިތުން ދަރަނިވެރި ކުރުވަން ކަމަށެވެ. ރައްޔިތުންގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީ އޮންނަ އައްޑު ސިޓީގައި ރައްޔިތުން ނަޖިސް ފެން ބޭނުން ކުރަމުންދާ އިރު ބްރިޖްގެ ޕްރޮޖެކްޓް ހިނގުމަކީ ބޭއިންސާފު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަނިޔާވެރި ފަލްސަފާއެއްގެ މަތީގައި ވެރިކަން ކުރައްވަން ހަދައިގެން ވާނުވާ ނޭނގި ކުރާ ވެރިކަމެއްގައި ހެދެންޖެހޭ ހުރިހާ ގޯސްތަކެއް ރައީސް ޔާމީންދަނީ ހައްދަވުން ކަމަށް ނިޒާރު ވިދާޅުވި އެވެ.