Last Updated: April 18, 12:20
Thursday, April 18, 2024
ސިޔާސީ

ފިޔަވަޅެއް ނާޅަައި ސީމެގުން ރާއްޖެ އަށް އިތުރު ފުރުސަތެއް

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ން ރާއްޖެއާއި މެދު މިވަގުތު ފިޔަވަޅު ނާޅަން ނިންމައި، ކުރިން ހުށަހެޅި ކަންކަން އިސްލާހް ކުރުމަށް އަނެއްކާވެސް އިތުރު ފުރުސަތު ތަކެއް ދީފިއެވެ.

ސީމެގުން ރާއްޖެ އާއި މެދު ފިޔަވަޅު ނާޅަން ނިންމި ނަމަވެސް، ސީމެގް އެޖެންޑާގައި ރާއްޖެ ވަނީ ހިމަނާފައެވެ.
އެގޮތުން ކުރިން އިސްލާހު ކުރަން ސީމެގުން ރާއްޖެއަށް ހުށަހެޅި ކަންކަން އިސްލާހް ކޮށްފައި ނުވާކަމަށް ސީމެގުން ވަނީ ބުނެފައެވެ.

އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. އާއްމު މަޖްލީހުގެ ހަވާސާގައި މިއަދު ކުރިއަށް ދިޔަ ސީމެގް ބައްދަލުވުމަށް ފަހު މިއަދު ނެރުނު ބަޔާނުގައި 2017 މާޗް މަހާއި ހަމައަށް ރާއްޖެ އެޖެންޑާގައި ބާއްވަން ނިންމައި އެމުއްދަތުގައި ކަންކަން އިސްލާހު ނުވެއްޖެނަމަ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމަށް ވަނީ ވަނީ ބުނެފައެވެ