Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ފަސޭހަކަމާ އެކު ޔުނައިޓެޑް ލެސްޓާ ބަލިކޮށްލައިފި

ގޯލަށް ފަހު ޕޮގްބާ ލިންގާޑްއާއެކު އުފާ ފާޅު ކުރަނީ: ފޮޓޯ- މިރާ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެމްޕިއަން ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 1-4 އިން ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑު ޖެހި ގޯލުތަކާއެކު މެޗުން މޮޅުވެފައިވާއިރު މިމެޗުގެ ފުރަތަމަ އެގާރައިން ކެޕްޓަން ވޭން ރޫނީއަށް ފުރުސަތު ދީފައެއް ނުވެއެވެ. މީގެ އިތުރުން ރޫނީގެ ބަދަލުގައި ކުޅެން ނިކުތް މަޓާ ވަނީ އޭނާގެ ރޯލު ފުރިހަމައަށް އަދާކޮށްފައިކަން ވެސް ފާހަގަކޮށްލެވެއެވެ.
38bebaa700000578-3805399-image-a-5_1474722258935
މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ޔުނައިޓެޑުގެ ޕޮގްބާގެ ފަރާތުން ނުރައްކާތެރި ބޯޅަތަކެއް ޕެނަލްޓީ އޭރިޔާ ތެރެއަށް ފޮނުވާލާފައިވެއެވެ. 22 ވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑު ނަގާފައިވަނީ ޑެލީ ބްލިންޑު ނަގާދިން ކޯނަރަކުން މިއަދުގެ މެޗުގެ ކެޕްޓަން ސްމޯލިންއެވެ.

ޔުނައިޓެޑުގެ ދެވަނަ ގޯލު 37 ވަނަ މިނެޓުގައި ޖެސީ ލިންގާޑު އޭރިޔާ ތެރެއިން މަޓާއަށް ދިން ބޯޅައެއް ވަރަށް ހުނަރުވެރިކަމާއެކު ގޯލުގެ ކަނަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވަނީ މަޓާއެވެ. ތިން މިނެޓު ފަހުން އަނެއްކާވެސް ޑެލީ ބްލިންޑުގެ ކޯނަރެއް ތިރިން މަޓާއަށް ޖައްސާލައި، މަޓާ އޭރިޔާ ތެރެއަށް ހުރަސް ކުރުމުން ލައިނު މަތިން ގޯލު ޖަހާފައިވަނީ ޒުވާން ފޯވާޑް މާކަސް ރަޝްފޮޑްއެވެ.

ފުރަތަމަ ހާފު ނިމެން ކުޑައިރުކޮޅެއް ވެފައިވަނިކޮށް ޔުނައިޓެޑުގެ ފަހު ގޯލު ޖަހާފައިވަނީ ދުނިޔޭގެ ރިކޯޑު އަގަކަށް މިސީޒަނުގައި ޓީމަށް ގެނައި ޕައުލް ޕޮގްބާއެވެ. ފާއިތުވެދިޔަ މެޗުތަކުގައި އޭނާގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެންނަ ކަމަށް ބުނެ މީޑިޔާގައި ގިނަ ފާޑުކިޔުންތަކެއް އޭނާއަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް މިރޭ ލެސްޓާ ސިޓީ ބޮޑު ތަފާތަކުން ބަލި ކުރުމުގައި އެންމެ ބޮޑު އެހީއެއް ވެފައިވަނީ ޕޮގްބާ ކަން ފާހަގަކޮށްލެވެއެވެ.

މިމެޗުގައި ފާއިތުވެދިޔަ މެޗުތަކާއި ހިލާފަށް މިޑްފީލްޑުގައި ޕޮގްބާއާ އެއްކޮށް ކުޅުނު ފެލައިނީ ބަދަލުކޮށް އެންޑަ ހެރޭރާއަށް މޮރީނިއޯ ވަނީ ފުރުސަތު ދީފައެވެ. ހެރޭރާ ވަނީ އޭނާގެ އަވަސް ހަރަކާތްތަކާއެކު މިޑްފީލްޑުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިސީޒަނުގައި ޔުނައިޓެޑުގެ ކަނާތް ފަޅިން ފެންނަމުން އަންނަ މާޝިއަލް އަށްވެސް މިރޭ މެޗުން ފުރުސަތެއް ލިބިފައެއް ނުވެއެވެ. މޮރީނިއޯ އަކީ އޭނާ އެދޭ ފަދަ ކުޅުމެއް މެޗުތެރެއިން ނުފެންނަ ކުޅުންތެރިންނަށް ފުރުސަތު ނުދޭ ކޯޗަކަށް ވުމާއެކު އޭނާ މިއަދުގެ ފުރަތަމަ އެގާރައިން ދައްކާލާފައިވާކަން ފާހަގަކޮށްލެވެއެވެ.