Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

އިންޖީނެއް ހަލާކުވެ އަނެއްކާ ވެސް ކަރަންޓް ކަނޑަނީ

އައްޑޫ ސިޓީގައި ހުންނަ ފެނަކަ ކޯޕަރޭޝަނުގެ ރީޖަނަލް އޮފީސް. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ އިންޖީނަކަށް މައްސަލަ ޖެހި މީގެ ދެދުވަސް ކުރިން ކަރަންޓް ކަނޑަން ފަށާފައިވާ އިރު ކުރިއަށް ހުރި ދުވަސް ތަކުގައި ވެސް އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓް ކަނޑާލަން ޖެހޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން 23 ސެޕްޓެމްބަރުގައި އައްޑޫ ސިޓީގެ ގޭގެއަށް ފޮނުވާފައިވާ ނޯޓިސްގައި ބުނެފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރަމުން އަންނަ އިންޖީނުތަކުގެ ތެރެއިން އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދުން ފެށިގެން އެމައްސަލަ ހައްލު ކުރެވެންދެން އެއް ގަޑިއިރަށް ކަރަންޓް ކެނޑޭނެ ކަމަށެވެ.

އަދި މިދުވަސްތަކުގައި ވީހާވެސް މަދުން ކަރަންޓް ބޭނުން ކުރެއްވުމަށް ފެނަކަ ކޯޕަރޭޝަނުން އެދެއެވެ. މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި ފެނަކައިން ރައްޔިތުންގެ ކިބައިން މަޢާފަށް އެދެއެވެ.

ކަރަންޓް ކެނޑުމަށް ހަމަޖެހިފައިވާ އުސޫލުތައް:
10:00 އިން 11:00 އަށް 48،11 ނަމްބަރުS/S އާއި ގުޅިފައިވާ ތަންތަން
11:00 އިން 12:00 އަށް 12،10 ނަމްބަރު S/Sއާއި ގުޅިފައިވާ ތަންތަން
12:00 އިން 13:00 އަށް 13،19 ނަމްބަރު S/Sއާއި ގުޅިފައިވާ ތަންތަން
13:00 އިން 14:00 އަށް 16،17 ނަމްބަރު S/Sއާއި ގުޅިފައިވާ ތަންތަން
14:00 އިން 15:00 އަށް 46،18،15 ނަމްބަރުS/S އާއި ގުޅިފައިވާ ތަންތަން
15:00 އިން 16:00 އަށް 11 ނަމްބަރުS/S އާއި ގުޅިފައިވާ ތަންތަން(ދެދުވަހުން އެއްދުވަހު)
16:00 އިން 17:00 އަށް 10 ނަމްބަރު S/Sއާއި ގުޅިފައިވާ ތަންތަން (ދެދުވަހުން އެއްދުވަހު)

އިންޖީނަކަށް މައްސަލަ ޖެހި އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓް ކަނޑަމުން އަންނަ އިރު މީގެ 4 އަހަރު ކުރިން ފެށިގެން އައްޑޫގައި 2 މެގަ ވޮޓް އިންޖީނެއް ބަހައްޓައިގެން ކަރަންޓްގެ މައްސަލަ ހައްލު ކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނި ނަމަވެސް އަދި މިހާތަނަށް އެފަދަ އިންޖީނެއް އައްޑޫއަށް ގެނެސް އިންސްޓޯލް ކޮށްފައި ނުވެއެވެ.

2015 ވަނަ އަހަރު 2 މެގަ ވޮޓް އިންޖީނެއް އައްޑޫއަށް ގެނައި ނަމަވެސް، އެ އިންޖީނުވަނީ މިނިވަން 50 އާއި ދިމާކޮށް މާލެ ގެންގޮސްފައެވެ. އަދި ދެން ހުރި އިންޖީނު ގދ. ތިނަދޫ އިންޖީނުގެ ރޯކޮށްލުމާއި ގުޅިގެން އެރަށައް ކަރަންޓް ދިނުމަށް ވަނީ ގެންގޮސްފައެވެ.