Last Updated: April 20, 18:06
Saturday, April 20, 2024
ސިޔާސީ

ނަޝީދަށް އިންތުހާބުގައި ވާދަ ކުރެވޭނެކަން ޔަގީންވެއްޖެ: ޑރ. ޝަހީދު

ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމަނައި، ސީމެގުން ރާއްޖެއަށް ކަޑައެޅި ކަންކަން އިސްލާހު ކުރުމަށް އިތުރު ފުރުސަތެއް ދިނުމަކީ، ރައީސް މުހައްމަދު ނަޝީދުއަށް 2018 ވަނަ އަހަރުގެ އިންތިހާބްގައި ވާދަކުރެވޭނެކަން ޔަގީންވުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޝަހީދު ވިދާޅުވީ ކަންކަން އިސްލާހް ނުކުރާނަމަ 2017 ވަނަ އަހަރުގެ މާޗް މަހު ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ ހޫނު އިންޒާރެއް ރާއްޖެއަށް ދީފައިވާ ކަމަށެވެ.

ސީމެގުން ރާއްޖެއަށް އިތުރު ފުރުސަތު ދީފައިމިވަނީ އިތުރު ޝަރުޠުތަކަކާއި ނުލައި ޕާޓީތަކުގެ މަޝްވަރާ ފެށުމަށާއި، މީގެ ކުރިންވެސް ފާހަނގަ ކޮށްފައިވާ ގޮތަށް ސިޔާސީ ހައްޔަރީން ދޫކޮށްލުމަށާއި، މިނިވަން އިންސާފްވެރި އިންތިހާބެއް 2018ގައި ބޭއްވުމަށް ސީމެގުން ވަނީ ގޮވާލާފައެވެ.