Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ކައުންސިލްގެ އާ ވެބްސައިޓް ލޯންޗްކޮށްފި

އަައްޑޫ ސިޓީ ކައުންސިލްގެ އާ ވެބްސައިޓް މިއަދު ލޯންޗްކޮށްފި އެވެ.

ކައުންސިލުން ވެސް ކުރިން ވެބް ސައިޓެއް ހިންގި އެވެ. އެހެން ނަމަވެސް އެ ވެބްސައިޓް އަޕްޑޭޓް ނުކުރެވޭތާ ގިނަ ދުވަސްތަކެއް ފަހުން 2014 ގެ ތެރޭގައި ސައިޓް ޑައުންކޮށްފައިވެ އެވެ.

އޭގެ ފަހުން އަލުން ވެބްސައިޓެއް ފަރުމާކޮށް، ލޯންޗްކޮށްފައި މި ވަނީ އެކަމަށް މަސައްކަތް ކުރާތާ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ.

ކައުންސިލްގެ އާ ވެބްސައިޓަކީ ވެސް އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ބަޔަކާ ހަވާލުކޮށްގެން ހަދާ ވެބްސައިޓެކެވެ. ނަމަވެސް ސައިޓް ހެއްދުމަށް އާއްމުކޮށް ހުޅުވާލައިގެން ކުރި ތިން އިއްލާނަށްވެސް އެކަށީގެންވާ ތަރްހީބެއް ނުލިބުމުން މިހާރުގެ ސައިޓް ހަދާފައިވަނީ ކައުންސިލްގެ އައިޓީ ޑީޕާޓްމަންޓުންނެވެ.

ykuy

ކައުންސިލުން ބުނީ އާ ވެބްސައިޓުން ކައުންސިލްގެ މައުލޫމާތުތައް ދެން ތާޒާކަމާ އެކު ލިބޭނެ ކަމަށެވެ.

އެގޮތުން ކައުންސިލްގެ ހަބަރުތަކާއި އިއުލާންތަކާއި ދެންނެވުންތަކާއި ފޮޓޯތަކާއި އެ ނޫން ވެސް ކައުންސިލާ ގުޅުން ހުރި މައުލޫމާތުތައް އާ ވެބްސައިޓުން ލިބޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

އާ ވެބްސައިޓްގެ އެޑްރެހަކީ http://adducity.gov.mv އެވެ.