Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޓްރެވަލް އެވޯޑަށް ކެނަރީފް ނޮމިނޭޓްވެއްޖެ، ވޯޓް ލެވޭނެ

ރާއްޖޭގެ އެންމެ ބޮޑު ޓްރެވަލް އެވޯޑު، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެސޯސިއޭޝަން އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ޓްރެވަލް އެވޯޑްގައި މި ފަހަރު އައްޑޫގައި ހިންގަމުން އަންނަ ކެނަރީފް ރިސޯޓް (ކުރީގެ ހެރަތެރަ) ވާދަ ކުރާ ކަމަށް އެ ރިސޯޓުން ބުނެފި އެެވެ.

އެ އެވޯޑްސްގައި ކެނަރީފުން ދެ ކެޓަގަރީއަލުން ވާދަ ކުރެ އެވެ. އެއީ ލީޑިން ފެމިލީ ރިސޯޓާއި ލީޑިން ޑައިވް ރިސޯޓް ކެޓަގަރީގަ އެވެ.

އެެހެންވެ ވީހާ ވެސް ގިނަ ބަޔަކު އެ ރިސޯޓް ވޯޓް ދިނުމަށް ކެނަރީފުން ވަނީ އެދިފަ އެވެ.

އެވޯޑަށް ވާދަ ކުރާ ކެޓަގަރީތަކަށް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އެވޯޑް އިންތިޒާމް ކުރާ ތިންކުން ނެރުނު ބަޔާނެއްގައި ބުނީ އެވޯޑަށް ކުރިމަތިލި ފަރާތްތަކަށް، އެވޯޑަށް ހާއްސަ ކޮށްފައިވާ ވެބްސައިޓް www.travelawards.mv އަދި އެސްއެމްއެސް މެދުވެރިކޮށް ވޯޓު ލެވޭނެ ކަމަށެވެ.

ޓްރެވަކްސް އެވޯޑުގެ 35 ކެޓަގަރީއަށް 246 ފަރާތަކުން ކުރިމަތިލާފައިވެ އެވެ. މިއީ މި އެވޯޑު ދޭން ފެށި ފަހުން މިހާ ގިނަ ބަޔަކު އެވޯޑަށް ކުރިމަތިލި ފުރަތަމަ ފަހަރެވެ.

hjj

މީގެ އިތުރުން، މަޓާޓޯއިން ވަނީ އަލަށް ތައާރަފް ކުރާ ފަސް ދާއިރާއަކުން އެވޯޑު ދޭން ނިންމައިފަ އެވެ. އެ ދާއިރާތަކަކީ ލީޑިން މާކެޓިން ޕްރޮގްރާމް، ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓް، ލީޑިން ގެސްޓްހައުސް އައިލެންޑް، ލީޑިން އެފްއެންޑްބީ އައުޓްލެޓް އަދި ލީޑިން އެއާޕޯޓް ލައުންޖް އެވެ.

މި އަހަރުގެ އެވޯޑުގެ މައި ސްޕޮންސަރަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. އެވޯޑުގެ އިތުރު ޕާޓްނަރުންގެ ތެރޭގައި އެލައިޑް އިންޝުއަރެންސާއި ފިއުލް ސަޕްލައިސް މޯލްޑިވްސް، ޕީއެސްއެމް އާއި ދިރާގު އަދި ކޮކާކޯލާ ހިމެެނެ އެވެ.

އެވޯޑުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.

splash_v2_02

‎މަޓާޓޯ ޓްރެވަލް އެވޯޑަކީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށް ކުރިއަރުވަން މަސައްކަތް ކުރާ އަދި ރާއްޖެ އާއި ރާއްޖޭން ބޭރުން ފަތުރުވެރިކަމުގެ ދާއިރާ އިން ހޮވޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ.