Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ވިލިއަމާއި ކޭޓް ކެނެޑާ އަށް ވަޑައިގެންފި

ފޮޓޯ: ރޮއިޓާސް

ޑިއުކް އަދި ޑަޗެސް އޮފް ކެމްބްރިޗްގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ކެނެޑާއަށް ވަޑައިގެންފިއެވެ. ވިލިއަމްއާއި ކެތަރިންގެ އަރިހުގައި އެދެކަނބަލުންގެ ދަރިކަލުން ޕްރިންސް ޖޯޖް އަދި ދަރިކަނބަލުން ޕްރިންސެސް ޝާލޮޓްވެސް މި ދަތުރުގައި ބައިވެރިވެއެވެ.

ވިލިއަމްއާއި ކެތަރިންގެ އާއިލާއަށް ވިކްޓޯރިއާއިން މަރުހަބާކީ ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯއާއި އަނބިކަނބަލުން ސޯފީ ގްރެގުއާއެވެ.

ވިލިއަމް ވިދާޅުވީ އޭނާގެ ދަރިން ކެނެޑާއާއިއެކު އުމުރަށް ދެމިގެންދާނެ ރަޙުމަތްތެރިކަމެއް ފަށަނީ ކަމަށެވެ.

އެއީ ޝާލޮޓްގެ ފުރަތަމަ ރަސްމީ ޝާހީ ދަތުރެވެ.

ވިކްޓޯރިއާގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިލިއަމް ވިދާޅުވީ އޭނާއާއި އަނބިކަނބަލުން ކެތަރިން އެންމެ ފަހުން ކެނެޑާއަށް ޒިޔާރަތްކުރިއިރު އެދެކަނބަލުންގެ ކައިވެންޏަށް ވާނީ ތިން މަސް ކަމަށެވެ. އަދި އެއިރު ކެނެޑާގެ ރައްޔިތުން އެދެކަނބަލުންނަށް ކީ ހޫނު މަރުހަބާ ދުވަހަކުވެސް ހަނދާނުން ނުފޮހެވޭނެކަމަށެވެ. އެހެންވެ ޖޯޖްއާއި ޝާލޮޓް އެދެކަނބަލުންގެ އަރިހުގައި ކެނެޑާއަށް އައިސް ކެނެޑާއާ ރަހުމަތްތެރިކަމުގެ ގުޅުމެއް ފެށުމަކީ ވަރަށް ބޮޑު އުފަލެއްކަމަށެވެ.