Last Updated: April 19, 20:49
Friday, April 19, 2024
ރިޕޯޓް

ދަރިފުޅުގެ ސިކުނޑީގެ ބާރު ގަދަކުރަން މި ތަކެތި ކާންދީ

ދަރިން ރަނގަޅުގޮތުގައި ބޮޑު ކުރުމަށްޓަކައި އެކުދިންގެ ސިއްޙަތުވެސް ދުޅަހެޔޮކަންމަތީ ދެމެހެއްޓުން ވަރަށް މުހިންމެވެ. އެގޮތުން ދަރިފުޅުގެ ސިކުނޑީގެ ބާރު ގަދަކުރުމަށްޓަކައި ކާން ދިނުން އެންމެ ރަނގަޅު ފަސް ކާނާއަކީ މިއީއެވެ.

1. ބިސް

o-brown-eggs-vs-white-eggs-facebook

ކުދިންގެ ސިކުނޑިދަނީ ވަރަށް އަވަސްމިނެއްގައި ބޮޑުވަމުންނެވެ. އެއީ ޚާއްސަކޮށް އެކުދިންގެ އުމުރުގެ ފުރަތަމަ އަހަރުތަކުގައެވެ. މިކަމުގައި އެންމެ މުހިއްމު އެއް ރޯލް އަދާކުރާ ކޯލިން އަކީ މެމޮރީ ސެލްސް އުފެއްދުމަށްޓަކައި ބޭނުންވާ ވަރަށް މުހިންމު ވިޓަމިންއެކެވެ.

ދުވާލަކު އެއް ބިހުގެ ރީނދޫ ބައި ކާ ކުއްޖަކަށް، ދުވާލަކު ކޯލިން ވިޓަމިން ލިބެންޖެހޭ މިންވަރު ހަމަވާނެއެވެ.

އެއީ އެކުއްޖަކުގެ އުމުރުން 8 އަހަރު ފުރެންދެނެވެ. ހަމަ އެހެންމެ ބިހަކީ އޭގައި ޕްރޮޓީންއާއީ ދަގަނޑުގެ ބާވަތް ގިނަ އަދަދަކަށް ހިމެނޭ، ފޯލޭޓްއާއި ވިޓަމިން އޭވެސް އެކުލެވިގެންވާ އެއްޗެކެވެ.

އެ ހުރިހާ މާއްދާތަކަކީވެސް ކުއްޖާގެ ހެދިބޮޑުވުމަށް ކޮންމެހެން މުހިންމު މާއްދާތަކެވެ.

2. ތެލުލި މަސް

basic-fish-fry-2-1

ތެލުލި މަހަކީ އޭގައި ގިނަ އަދަދަކަށް އޮމެގާ 3 އެކުލެވިގެންވާ އެއްޗެކެވެ. އޮމެގާ 3 އަކީ ސިކުނޑި ހެދިބޮޑުވުމަށާއި ސިއްޙަތަށް ވަރަށް މުހިންމު ބާވަތެކެވެ. އޮމެގާ 3 ފެޓީ އެސިޑްސްއަކީ ހަށިގަނޑުގެ ސެލްތައް އުފައްދައި ބޮޑުވުމަށް ބޭނުންވާ މައިގަނޑު އެއް މާއްދާއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އޮމެގާ 3 ފެޓްސް އަކީ ސިކުނޑީގައި އެންމެ ގިނަ އަދަދަކަށް އެކުލެވިގެންވާ ފެޓްސްގެ ބާވަތެވެ. އަދި ގިނަ އަދަދަކަށް ސިކުނޑީގައި އޮމެގާ 3 ހުންނަނަމަ، ކުޑައިރު ދިމާވާ އަޚްލާޤީ މައްސަލަތައް މަދުވެއެވެ.

އެހެންނަމަވެސް އޮމެގާ 3 މަދުވެއްޖެނަމަ، ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކުދިންގެ ކިޔުމުގެ ބާރު ދަށްވެއެވެ.

3. އޯޓްސް އާއި ސީރިއަލް

images

ކާބޯހައިޑްރޭޓްސްއިން ފުރިގެންވާ އޯޓްސްއާއި ސީރިއަލްގެ ބާވަތްތަކަކީ ހަށިގަނޑަށް ބޭނުންވާ ގްލުކޯޒް ލިއްބައިދޭ ސިކުނޑިއަށް ހަކަތަ ލިއްބައިދާ ވަރަށް މުހިންމު ބާވަތްތަކެވެ.

ހަށިގަނޑުގެ ނާރުތަކަށް ފައިދާކޮށްދޭ ބީ ވިޓަމިންސްއުން ފުރިގެންވާ ސީރިއަލްގެ ބާވަތްތަކަކީ މީހާގެ ހަނދާން ހުންނަ މިންވަރު ރަނގަޅުކޮށްދޭ އެއްޗެކެވެ. އަދި ހަމަ އެހެންމެ ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެންވުމާއިއެކު އޯޓްސްއާއި ސީރިއަލްގެ ބާވަތްތަކަކީ ކާނާ ފަސޭހައިން ހަޖަމްކޮށްދޭ އެއްޗެކެވެ.

4. ބީންސް

download

ގިނަ އަދަދެއްގެ ޕްރޮޓީންސް އެކުލެވިގެންވާ ބީންސްއަކީ ކުޑަ ކުދިންނަށް ކާންދޭން ވަރަށް ރަނގަޅު އެއްޗެކެވެ. ކިޑްނީ އަދި ޕިންޓޯ ބީންސްއަކީ އެހެން ބާވަތްތަކުގެ ބީންސްއަށްވުރެ ގިނައިން ސިކުނޑި ހެދިބޮޑުވުމަށާއި ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ އޮމެގާ 3 އެކުލެވިގެންވާ ބީންސްއެވެ.

ހަކަތަ ލިބިދޭ މިންވަރު އިތުރުކުރުމާއިއެކު، މެންދުރު ކެއުމުގައި ކައިފިނަމަ، ބީންސްއަކީ ކުދިން ކުލާހުގައި ކިޔަވައިދޭ އެއްޗަކަށް ބޮޑަށް އަހުލުވެރިކޮށްދޭ ކާނާގެ ބާވަތެކެވެ.

5. ކިރު، ޔޯގަޓް އަދި ޗީޒް

milkcheese

ކިރާއި ޔޯގަޓްއާއި ޗީޒްގައި ސިކުނޑީގެ ޓީޝޫތައް އުފެއްދުމަށްޓަކައި ބޭނުންވާ ޕްރޮޓީންސްއާއި ބީ ވިޓަމިންސް ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. އަދި ވަރުގަދަ ދުޅަހެޔޮ ދަތް ބިނާކުރުމަށް ބޭނުންވާ ކެލްސިއަމްވެސް މި ތިން ބާވަތުގެ ކާނާގައި އެކުލެވިގެންވެއެވެ.

ދުވާލަކު މަދުވެގެން ކެލްސިއަމް އެކުލެވިގެންވާ ދެތިން ބާވާތުގެ ކާނާ ކުދިންނަށް ކާން ދިނުމަށް އާދަކުރުން ރަނގަޅެވެ.