Last Updated: April 20, 18:39
Saturday, April 20, 2024
މުނިފޫހިފިލުވުން

ޒީނަތު އަމަން ނޯވޭގެ ސްޓޭމްޕަކަށް

ހަތްދިހައިގެ އަހަރުތަކުގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި ބޮލީވުޑްގެ ބަތަލާ ޒީނަތު އަމަން އަށް ނޯވޭ އިން ވަރުގަދަ ޝަރަފެއް އަރުވައިފި އެވެ.

އެ ގައުމުގައި ރަސްމީކޮށް ބޭނުން ކުރާ ސްޓޭމްޕްތަކުގެ ތެރެއިން ސްޓޭމްޕެއްގައި ޒީނަތުގެ ފޮޓޯ ހިމަނައި، ބޭނުން ކުރަން ވަނީ ފަށައިފަ އެވެ.

ޒީނަތަށް މި ޝަރަފު އަރުވާފައި މި ވަނީގ އޭނާގެ ފިރިހެން ދަރިފުޅު އަޒާންގެ ފުރަތަމަ ޑައިރެކްޝަން "ބޭންކްސްޓާ" ބޮލީވުޑް ފިލްްމް ފެސްޓިވަލް އޮފް ނޯވޭގައި ޕްރިމިއާ ކުރަން ފެސްޓިވަލަށް ދިއުމުން ލޮރެންސްކޮގް ހޫސް ކިނޯގައި އޮތް ހަފުލާއެއްގަ އެވެ.

zeenat

މި ހަފުލާގައި ޒީނަތުގެ ސްޓޭމްޕް ދައްކާލުމިގެ އިތުރަށް ހިންދީ ސިނަމާ އަށް އޭނާކޮށް ދީފައިވާ ހިދުމަތުގެ އަގު ވަޒަންކޮށް، ހާއްސަ އެވޯޑެއް ވެސް ފެސްޓިވަލް އިންތިޒާމް ކުރާ ފަރާތުން ވަނީ ދީފަ އެވެ.

އަދި އަޒާން އަށް ވެސް އުންމީދީ ޑައިރެކްޓަރެއްގެ އެވޯޑް ލިބިފައިވެ އެވެ.

މިހާރު އުމުރުން 64 އަހަރުގެ ޒީނަތު އަމަން ކުޅެފައިވާ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "ޑޮން"، "ގުރުބާނީ"، "ސަތިއަމް ޝިވަމް ސުންދަރަން" އަދި "ލަވާރިސް" ފާހަގަކޮށްލެވެ އެވެ.