Last Updated: April 25, 17:58
Thursday, April 25, 2024
ޚަބަރު

ފެލިވަރު މަސް ދަޅެއްގެ ތެރެއިން "ސޫއްޕެއް"!

މަރަދޫ ފިހާރައަކުން އެ ރަށު މީހަކު އިއްޔެ ގަތް ފެލިވަރު މަސް ދަޅެއްގެ ތެރެއިން "ސޫއްޕެއް" ފެނިގެން ރިޕޯޓްކޮށްފި އެެވެ.

މަރަދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އިހްތިޝާމް ނަޖީބް "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ ފެލިވަރު މަސް ދަޅުގެ ތެރެއިން ފެނުނު "ސޫފި" ވައްތަރީ މަރުވެފައި އޮތް މަދިރިއެއް ކަހަލަ އެއްޗަކާ އެވެ.

"މަސް ދަޅު ގަތް މީހާ ބުނީ ގެއަށް ގޮސް މަސް ދަޅު ކެނޑި އިރު އޭގެ ތެރޭގައި އޮތް އެއްޗެއް ކަމަށް އެއީ. ސިއްހީ މަރުކަަޒަށް މަސް ދަޅު ގެނައިމަ އެ ދަޅާ އަޅުގަނޑުމެން ހަވާލުވީ،" އޭނާ ވިދާޅުވި އެެވެ.

hklhj

މަސް ދަޅު ތެރެއިން "ސޫއްޕެއް" ފެނުމާ ގުޅިގެން އޭގެ ފޮޓޯ ނަގައި، މާލޭގައި ހުންނަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑިއޭ) އަށް ވެސް މިހާރު ވަނީ ފޮނުވައިފަ އެވެ.

އަދި އެކަން އިތުރަށް ބެލުމަށްޓަކައި މަރަދޫ ސިއްހީ މަރުކަޒުން މިއަދު ވަނީ އެމްއެފްޑީއޭ އިން އެދިގެން މަސް ދަޅު މާލެ ފޮނުވައިފަ އެވެ.