Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

"ލިޓަސް ފާސްޓް ފުޑް ޕްރޮމޯ" ނަސީބުވެރިން ހޮވުން މާދަމާ ހަވީރު

ހިތަދޫ "ފާސްޓް ފުޑް" އިން ކުރިއަށް ގެންދިޔަ "ލިޓަސް ފާާސްޓް ފުޑް މެގަ ޕްރޮމޯ" ގެ ނަސީބުވެރިން ހޮވުން މާދަމާ ހަވީރު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ނަސީބުވެރިން ހޮވުމަށް ބާއްވާ ހަފުލާ އޮންނާނީ ހިތަދޫ މެދުވަލު ސްކޫލްގައި ބާއްވާ "ޕްލޭސްކޫލް ޓެލެންޓް ޝޯ 2016" ގެ ތެރެއިންނެވެ.

ގުރުއަތުން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ވޭވް 110 ގެ ސައިކަލެއް ޕްރޮމޯޝަނުގައި ލިބޭނެ އެވެ.

"ލިޓަސް ފާސްޓްފުޑް މެގަ ޕްރޮމޯ 2016" ޕްރޮމޯޝަންގެ ކޯ-ސްޕޮންސަރުންނަކީ ހައިޑްރޯ ހޯމް ޑެކޯ އާއި، ޗާންދަލިއާ، އައިލެންޑް ބުކްޝޮޕް އަދި ސްކައި ސިކްސް އެވެ.

bhjh

މި ޕްރޮމޯޝަންގެ ދެވަނަ އަށް ދާ ފަރާތަކަށް ހައިޑްރޯ ޑެކޯ ހޯމްކެއާ އިން ސޯފާ ސެޓެއް ހުށަހަޅާފައިވާ އިރު ތިން ވަނަ އިނާމަކަށް އައިލޭންޑް ބުކްޝޮޕްއިން ހުށަހަޅާފައި ވަނީ 42 އިންޗީގެ އެލްސީޑީ ޓީވީއެކެވެ.

އަދި ހަތަރު ވަނަ އިނާމަކަށް ޗާންދަލިއާ އިން އޮޓޯ ދޮންނަ މެޝިނެއް ވަނީ ހުށަހަޅައިފަ އެވެ.

ޕްރޮމޯޝަންގެ ފަސް ވަނައަށް ދާ ފަރާތަކަށް ސްކައި ސިކްސްއިން ވަނީ މާލޭ/ގަން ދެކޮޅު ޓިކެޓް ހުށަހަޅައިފަ އެވެ.

ފާސްޓް ފުޑުން ބުނީ ޕްރޮމޯޝަނަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

"ލިޓަސް ފާސްޓްފުޑް މެގަ ޕްރޮމޯ 2016" ކުރިއަށް ގެންދިޔައީ އެޕްރީލުން ފެށިގެން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށެވެ.