Last Updated: April 20, 09:47
Saturday, April 20, 2024
މުނިފޫހިފިލުވުން

"ފޯސް 2" ގެ ޓްރެއިލާ މިއޮތީ

ޖޯން އަބްރަހަމް ވަރުގަދަ އެކްޝަން ރޯލަކުން ފެނިގެންދާ ފިލްމް "ފޯސް 2" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ 2011 ވަނަ އަހަރު ނިޝިކަންތު ކަމަތު ޑައިރެކްޓް ކުރި "ފޯސް" ގެ ސީކްއެލްއެކެވެ. އެކަމަކު ފިލްމުގެ ދެވަނަ ބައި ޑައިރެކްޓް ކުރީ ނިޝިކަންތެއް ނޫނެވެ.

ހޮލަންޑްގައި ވަރަަށް ބޮޑުބައި ޝޫޓް ކުރި "ފޯސް 2" ގެ ޑައިރެކްޓަރަކީ "ދިއްލީ ބެލީ" ގެ ޑައިރެކްޓަރު އަބިނޭ ޑިއޯ އެވެ.

މި ފިލްމުން މި ފަހަރު ޖޯން އާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ސޮނާކްށީ ސިންހާ އެވެ. ޕްރިކްއެލްގެ ބަތަލާއަކީ ޖެނެލިއާ ޑި ސޫޒާ އެވެ.

މީގެ އިތުރުން "ފޯސް 2" ގެ ޒުވާން ވިލަންގެ ރޯލުން މި ފަހަރު ފެންނާނީ ރާނީ މުކަރްޖީގެ "މަރްދާނީ" އިން ފެނިގެން ދިޔަ ތާހިރު ރާޖް ބާސިން އެވެ.

ފިލްމުގެ ފުރަތަމަ ބައިގައި ވިލަންގެ ރޯލުން ފެނިގެން ދިޔައީ ވިދުޔަތު ޖަމްވާލް އެވެ.

"ފޯސް 2" ސިނަމާތަކަށް އަންނާނީ ނޮވެމްބަރު 18 ގަ އެވެ.