Last Updated: March 29, 17:30
Friday, March 29, 2024
ވިޔަފާރި

އިންޖީނުތައް އައްޑު އަށް ގެންދާނެ ބަޔަކު ހޯދަނީ

ސްޓެލްކޯގެ ހަރަދުގައި އައްޑު އަށް ގެންނަ ދެ މެގަވޮޓްގެ ދެ އިންޖީނާއި އެއާ ގުޅޭ ސާމާނުތައް މާލޭން އައްޑު އަށް ގެންގޮސް ދޭނެ ބަޔަކު ހޯދަން އެ ކުންފުނިން އިއުލާންކޮށްފި އެވެ.

ސްޓެލްކޯ އިން ބުނީ އިންޖީނުތައް ގެންގޮސް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

އެ ދުވަހު ޕްރޮޕޯސަލްތައް ލިބުމުން، ޕްރޮޕޯސަލްތައް ހުޅުވާ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.

މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން އަންނަ މަހުގެ 4 ވަނަ ދުވަހު ހެނދުނު 10:30 ގައި ސްޓެލްކޯގައި އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯ އިން އައްޑު އަށް ގެންނަ ދެ އިންޖީނަކީ މިދިޔަ އަހަރު އެ ކުންފުނިން އައްޑޫން ގެންދިޔަ ދެ އިންޖީނުގެ ބަދަލުގައި ގެނެސްދޭ އިންޖީނުތަކެެކެވެ.

ފެނަކައިން މިދިޔަ އަހަރު އައްޑު އަށް ގެނައި އިންޖީނުތައް މާލެ ގެންދިޔައީ މިނިވަން 50 ގެ ހަރަކާތްތަކާ ދިމާކޮށެވެ.