Last Updated: April 20, 11:32
Saturday, April 20, 2024
ވިޔަފާރި

ބީއެމްއެލްގެ އިސްލާމިކް ބޭންކް ބްރާންޗް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންދޭ ހާއްސަ ބްރާންޗް ކުރިން ބޭންކްގެ ބާޒާރު ބްރާންޗް ހިންގި ސީޓްރެކް ބިލްޑިންގ ގައި މިރޭ ހުޅުވައިފި އެވެ.

އިސްލާމީ މާލީ އިދާރާ ތަކުގައި ބޭނުން ކުރާ ފެހި ކުލާގައި ހުޅުވި މި ބްރާންޗު ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވެފައި މިރޭ ހުޅުވި ބްރާންޗުން ޝަރީއާ ހުއްދަ ކުރާ އުސޫލުން ބޭންކިން ހިދްމަތް ލިބޭނެކަމަށެވެ.

އެންޑްރޫ ވިދާޅުވީ، މީ ދިވެހިން ބަލައިގަންނާނެ، ހިދްމަތެއް ކަމަށެވެ.

isl2

އަންނަ އާދީއްތަ ދުވަހުން ފެށިގެން ޝަރީއާ ހުއްދަކުރާ އުސޫލުން ބޭންކިން ހިދްމަތް ލިބެން ފަށާނެ ކަމަށް އެންޑްރޫ ވިދާޅުވިއެވެ.

ސްޓްރެކްސް ބިލްޑިން ހާއްސަ ކޮށްފައިވަނީ ބީއެމްއެލް އިސްލާމިކް ހެޑްކުއާޓަރގެ ގޮތުގައެވެ.

އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު ބްރާންޗް ހުޅުއްވައި ދެއްވުމުގެ ކުރިން ވިދާޅުވީ ބީއެމްއެލް އިސްލާމިކް ބްރާންޗް ހުޅުވުމަކީ ބޭންކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށާއި، މިއީ ބޭންކުން ނިންމި ރަނގަޅު ނިންމުމެއް ކަމަށެވެ.

ޝަހީމް ވިދާޅުވީ އިސްލާމީ މާލީ ނިޒާމްގައި ރާއްޖޭން މި ސަރަހައްދުގެ ގައުމުތަކަށް ދައްކަމުން ދަނީ ވަރަށް ރަނގަޅު މިސާލެއްކަމަށެވެ. އެ ގޮތުން، އިސްލާމީ މާލީ ކަންކަމަށް ހާއްސަ މަރުކަޒެއް ގާއިމުކޮށް، ޝަރީއާ ހުއްދަ ކުރާ ގޮތަށް ޓީބިލް ވިއްކަން ފަށާފައި ވާއިރު، ބީއެމްއެލްގެ އިސްލާމިކް ބޭންކިން ހިދުމަތް ފުޅާވެގެން ދިއުމަކީ ރާއްޖޭގައި މި ދާއިރާ އަށް އަންނަ ބޮޑު އިންގިލާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު އިސްލާމިކް އުސޫލުން ބޭންކްގެ ހިދްމަތް ދެމުން އަންނަނީ 2011 މާޗް 7 ވަނަ ދުވަހު ހުޅުވުނު މޯލްޑިވްސް އިސްލާމިކް ބޭންކާއި ބީއެމްއެލް އިސްލާމިކުންނެވެ.