Last Updated: March 29, 09:42
Friday, March 29, 2024
ޚަބަރު

ޝަރަފުއްދީންގެ އެންމެ މޮޅު ދަރިވަރަކަށް ޒީން

ޝަރަފުއްދީން ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާގައި ވަނަ ހޯދި ދަރިވަރުންނާއި ޝަރަފުވެރިމެހްމާން އަދި ސްކޫލްގެ ޕްރިންސިޕަލް. ފޮޓޯ: ޝަރަފުއްދީން

ޝަރަފުއްދީން ސްކޫލްގެ 2015 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ގްރޭޑް 10 އޭގެ ދަރިވަރު ފާޠިމަތު ޒީން މުޖާހިދު ހޮވިއްޖެ އެވެ.

ރޭ ޝަރަފުއްދީން ސްކޫލްގައި ބޭއްވި އިނާމް ދިނުމުގެ ޖަލްސާގައި ނިމިގެން ދިޔަ އަހަރު އެ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދެވަނަ އަދި ތިންވަ ނަ ވެސް ވަނީ ހޮވައިފަ އެވެ.

ނިމިގެން ދިޔަ އަހަރު ސްކޫލުން ހުރިހާ ގޮތަކުން ދެވަނަ ހޯދާފައި ވަނީ ގްރޭޑް 10 އޭގެ ދަރިވަރު މުހައްމަދު އައިހަމެވެ. ތިން ވަނަ ހޯދީ ގްރޭޑް 10 އޭގެ މުސްއަބް ސަބްރީ އެވެ.

މި ދަރިވަރުންނަށް އިނާމް ހަވާލްކޮށް ދެއްވީ ރޭގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ ހުސެއިން ރަޝީދެވެ.

ރޭގެ އިނާމް ދިނުމުގެ ޖަލްސާގައި، ވަނީ ސަޕްޖެކްޓް ޕްރައިޒް، ކްލާސް ޕްރައިޒް އަދި އެހެނިހެން ހަރަކާތްތަކުން ވަނަ ހޯދި ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހްމާން ހުސެއިން ވަނީ ވަނަ ހޯދި ދަރިވަރުންނަށް މަރުހަބާ އާއި ސާބަސް ދަންނަވައިފަ އެވެ. އަދި ޓީޗަރުން ކުދިންގެ ކިޔެވުން ރަނގަޅު ކުރުމަށް ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ވެސް ޝުކުރު ދެންނެވި އެވެ.

lj

ޝަރަފުއްދީން ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅުވައިގެން "އިސްލާމްދީނާއި ސިއްހަތު" ޝިޔާރުގެ ދަށުންނެވެ.

ހުސެއިން ވަނީ މި މައުޟޫ އަށް އަލިއަޅުވާލައި، ގައިގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ މިންވަރާއި، އެކަމަށް ސަމާލުވުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވައިފަ އެވެ.