Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

އައްޑޫގެ ފެނުގެ ނިޒާމާ ގުޅޭ ތަކެތި ހޯދަން ބީލަމަށް

އައްޑޫގެ ފެނުގެ ނިޒާމަށް ބޭނުންވާ ކެމިކަލްސް އާއި ލެބޯޓްރީ އިކުއިޕްމަންޓް ސަޕްލައިކޮށް ފޯރުކޮށް ކޮށްދޭނެ ބަޔަކު ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން ބީލަމަކަށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ މި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ އަދި ޝަރުތު ހަމަވާ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

މަސައްކަތަށް ޝައުގުވެރިބާ ފަރާތްތަކުން ofid.procurement@environment.gov.mv އަށް އީ-މެއިލްކޮށްގެން ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އަދި ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ އެވެ.

ބީލަން ފޮތް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.

މި މަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ މި މަހުގެ 26 ވަނަ ދުވަހި އާދިއްތަ ދުވަހު ހެނދުނު 11:30 ގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ޖަލްސާ ކުރާ މާލަމުގަ އެވެ.

މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 15،000ރ. ހުށަހަޅަން ޖެހޭ ނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޙުން ފެށިގެން 28 ދުވަހެވެ. މި މަޝްރޫޢުގެ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސަންޓެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސަންޓް އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގައި މިނިސްޓްރީގަ އެވެ.

ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަންނާނެ އެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަހެވެ.