Last Updated: April 24, 17:43
Wednesday, April 24, 2024
ޚަބަރު

އެސްޓީއޯ "ރަމަޟާން ބާޒާރު" ފަށައިފި

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން ބާއްވަމުން އަންނަ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން މި އަހަރު ވެސް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 18 އިން ފެށިގެން މެއި 31 ގެ ގެ ނިއަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓާއި އިލެކްޓްރޯނިކްސް އަދި އެސްޓީއޯ އަތޮޅުތަކުގެ ފިހާރަތަކުގަ އެވެ.

ޕްރޮމޯޝަންގައި އެސްޓީއޯ އިލެކްޓްރޯނިކްސް އިން ކުރާ ކޮންމެ 500ރ. އިން މަތީގެ ވިޔަފާރިއަކަށާއި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އަތޮޅު ފިހާރަތަކުން ކުރާ ކޮންމެ 1،000ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ގުރުއަތުން ދިމާވާ ފަރާތްތަކަށް މުޅި ޕްރޮމޯޝަން ތެރޭގައި 500،000ރ. ގެ އަގުހުރި އިނާމް ލިބިގެން ދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ޕްރޮމޯޝަންގައި ވަގުތުން ލިބޭ ގިނަ އިނާމްތަކެއް ވެސް ހިމެނެ އެވެ.

މިއަހަރުގެ "ރަމަޟާން ބާޒަރު" ކީ ގޭތެެ ރެއާއި ބަދިގެއަށް ބޭނުންވާ ގިނަ ސާމާނު އެއް ތަނަކުން ހެޔޮ އަގެއްގައި ހޯދުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ޕްރޮމޯޝަން ކުރިއަށް ދާއިރު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި މާލޭގެ އެކި ސަރަހައްދުތަކުގައި ޕްރޮޑަކްޓް ޑެމޮންސްޓްރޭޝަން ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކުންފުނިން ބުންޏެވެ.