Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ސެން ކްލާހުގެ ޕޯސްޓަރެއް އައްޑޫ ކައުންސިލަށް

ހިތަދޫ ޝަރަފުއްދީން ސްކޫލުގެ ޙާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކުލާހުގައި ކިޔަވަމުންދާ ދަރިވަރުން ތައްޔާރު ކުރި ޕޯސްޓަރެއް އައްޑޫ ސިޓީ ކައުންސިލަށް ހަދިޔާކޮށްފި އެވެ.

"އަލް-ނޫރް" ކްލާހުގެ ދަރިވަރުން ތައްޔާރު ކުރި ޕޯސްޓަރަކީ ވޯލްޑް ޑައުންސިންޑްރޯމް އެވެއާނެސް ދުވަސް ފާހަގަ ކުރުމަށް ހިންގާ ހަރަކާތާ ގުޅޭ ޕޯސްޓަރެކެވެ.

ޕޯސްޓަރާ ކައުންސިލްގެ ފަރާތުން ހަވާލުވީ ޒިންމާދާރު ވެރިޔާ މުޙައްމަދު ސައުދީ ހަސަނެވެ. ޕޯސްޓަރާ ހަވާލުވުމަށް ފަހު ކައުންސިލުން ވަނީ ސެން ކްލާހުގެ ދަރިވަރުންނަށް ހަދިޔާ ވެސް ދީ ދަރިވަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ވޯލްޑް ޑައުންސިންޑްރޯމް ދުވަހުގެ ގޮތުގައި މި މަހުގެ 21 ފާހަގަ ކުރުމަށް ހަމަޖެހިފައިވާ އިރު، މިއަހަރުގެ ޝިއާރަކީ "ވަޓް އައި ބްރިން ޓު މައި ކޮމިއުނިޓީ" އެވެ. މި

ޝިއާރުގެ ދަށުން ދުވަސް ފާހަގަ ކުރުމަށް ހިންގާ ހަރަކާތެއްގެ ގޮތުން އެ ދުވަހު ދެ ކުލައިގެ އިސްޓާކީން ޖޯޑު ބޭނުން ކުރަން ވަނީ ހަމަޖެހިފަ އެވެ.
ހހ