Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

މިހާރު ބަންދުގައި ތިބީ 9 މީހުން: ޕޮލިސް

ސްޕްރީމް ކޯޓުން މިދިޔަ މަހުގެ އެެކެއްގައި ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި ފެބްރުއަރީން ފެށިގެން މާލޭގައި ކުރަމުންދާ މުޒާހަރަތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރި ނަމަވެސް، މިވަގުތު ފުލުހުންގެ ބަންދުގައި ތިބީ 9 މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި ހުއްދަ ނޫން ސަރަހައްދުތަކަށް އެއްވުމުގެ ތުހުމަތު މިވަގުތު ފުލުހުންގެ ބަންދުގައި ތިބީ 9 މީހުން ކަމަށެވެ. އެއީ 8 ފިރިހެނުންނާއި އަންހެނެކެވެ.

ފުލުހުން ބުނި ގޮތުގަ އިބަންދުގައި ތިބި 9 މީހުންގެ ތެރެއިން އެކަކު ހުރީ ގޭބަންދުގަ އެވެ. އެ 9 މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ވެސް ހިމެނެ އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ފުލުހުންގެ ބަންދުގައި ތިބި އެންމެން ވެސް ތިބީ ބަންދުގެ މުއްދަތު ޖަހާފައި ކަަމަށެވެ.

ބަންދުގެ މުއްދަތު ޖަހާފައިވާ ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރުންނަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ އާޒިމްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފެވެ.