Last Updated: April 16, 11:02
Tuesday, April 16, 2024
ޚަބަރު

މިހާރު ކާޑު އެންމެ އަގު ބޮޑީ އައްޑޫން

ހަނޑޫ، ހަކުރު އަދި ފުށަށް ސަރުކާރުން ދެމުން އައި ސަބްސިޑީ މިއަދުން ފެށިގެން ކަނޑާލައި އެ ބާވަތްތަކަށް އެންމެ ބޮޑު އަގެއް ދައްކަން ޖެހޭނީ އައްޑޫ ރައްޔިތުން ކަން ހާމަވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ނެރެފައިވާ އަގުތަކަށް ބަލާއިރު ރާއްޖޭގެ އަތޮޅެ ތެރޭގައި ކާޑުގެ ބާވަތްތައް ވިއްކާ އަގާއި މާލޭގައި ވިއްކާ އަގުގައި ބޮޑު ތަފާތެއް ހުރިކަން ފާހަގަ ކުރެވެއެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އަގެއްގައި ކާޑުގެ ބާވަތްތައް ވިއްކަން ހަމަޖެހިފައިވަނީ އައްޑޫ އަށެވެ.

zzz

އައްޑޫގައި މިއަދުން ފެށިގެން ހަނޑޫ ކިލޯ އެއް ވިއްކަން ހަމަޖެހިފައިވާ އަގަކީ، 9.34 އެވެ. ފުށް ކިލޯއެއް 7.34 އަށް ވިއްކުމަށް ހަމަޖެހިފައިވާއިރު ހަކުރު ކިލޯއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 9.38 ރުފިޔާއަށެވެ.

ރާއްޖޭގެ އެހެން އަތޮޅު ތަކާއި ޚިލާފަށް ވެރިރަށް މާލޭގައި ކާޑުގެ ބާވަތްތައް ވިއްކާ އަގު ހެޔޮކަން ފާހަގަކުރެވެއެވެ. އެގޮތުން ހަނޑޫ ކިލޯ އެއް ވިއްކަން ހަމަޖެހިފައިވާ އަގަކީ، 7.96 ރުފިޔާ އެވެ. ފުށް ކިލޯއެއް 5.96 ރުފިޔާ އަށް ވިއްކުމަށް ހަމަޖެހިފައިވާއިރު ހަކުރު ކިލޯއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 9.38 ރުފިޔާއަށެވެ.

ytuy

ކާޑުގެ ބާވަތްތަކަށް އާންމުކޮށް ދެމުން އައި ސަބްސިޑީ ކަނޑާލައި، އެ ސަބްސިޑީ ހަމައެކަނި ނިކަމެތިންނަށް ދޭ ގޮތަށް ހަމަޖައްސާފައިވާ އިރު، ސަރުކާރުން ބުނީ އެކަން ހަމަޖައްސާނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ކަމަށެވެ.

އެހެން ނަމަވެސް ސަބްސިޑީ ދޭނެ އިންތިޒާމަކީ ކޮބައިކަމެއް، އަދި ސަބްސިޑީ ދޭނެ ފަރާތްތައް ކަނޑައަޅާނީ ކޮން އުސޫލަކުން ކަމެއް އެންސްޕާއިން ހާމަކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.