Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

ބިހާރުގައި ބަނގުރާ މަނާ ކުރާ ގަވާއިދެއް ހައި ކޯޓުން ބާތިލް!

މިނިސްޓަރު ކުމާރު - ފޮޓޯ: ޕްރަޝާންތު ރަވީ

އިންޑިއާގެ އުތުރުގައި އޮންނަ ބިހާރު ސްޓޭޓްގައި ބަނގުރާ ވިއްކުމާ ބޭނުންކުރުން މަނާ ކުރާ ޤަވާއިދު އިންޑިއާގެ ކޯޓަކުން ބާތިލް ކޮށްފިއެވެ.

ބިހާރުގެ ހައި ކޯޓުން ބުނާ ގޮތުގައި އެ ޤަވާއިދަކީ ޤާނޫނާއި ޤާނޫނު އަސާސީއާއި ޚިލާފު ކަމެއް ކަމަށެވެ.

އެ ޤަވާއިދަކީ މިދިޔަ އަހަރު ބޭއްވި އިލެކްޝަންތަކުގައި ޗީފް މިނިސްޓަރު ނިތިޝް ކުމާރުގެ ކެމްޕެއިން ވައުދުތަކުގެ ތެރެއިން އެއް ވައުދެވެ. އެ ޤަވާއިދަށް ޢަމަލުކުރަން ފެށީ މިދިޔަ އޭޕްރިލް މަހުގައެވެ.

އެ ޤަވާއިދަށް ގިނަ އަދަދެއްގެ އަންހެނުންގެ ތަރުހީބު ލިބުނެވެ. އެއީ ފިރިހެނުން ބަނގުރާ ބުއިމާއި ގެވެށި އަނިޔާއާއި، ފުރައްސާރަކުރުމާއި ފަޤީރުކަމާމެދު ގުޅުމެއް އޮންނަ ކަމަށް އަންހެނުން ޤަބޫލުކުރާތީއެވެ.

މިނިސްޓަރު ކުމާރު ވިދާޅުވީ އެ ޤަވާއިދުގެ ސަބަބުން ބިހާރުގެ މުޖުތަމަޢުއިން ރަނގަޅު ބަދަލުތަކެއް ފެންނާނެކަމަށެވެ.

އެހެންނަމަވެސް، އެ ޤަވާއިދަކީ މާ ހަރުކަށި، ބަނގުރާ ބޭނުންކުރާ ނުވަތަ ގެންގުޅޭ މީހުންގެ އާއިލާއަށް ލިބޭ އަދަބެއް ކަމަށް ބުނެ އެ ޤަވާއިދަށް ފާޑުކިޔުންތައް އަމާޒުވިއެވެ.

އެ ޤަވާއިދާ ޚިލާފުވުމުގެ ސަބަބުން މި އަހަރުގެ އޭޕްރިލް މަހުގެ ފަސްވަނަ ދުވަހުން ފަށައިގެން 13،000 މީހުންވަނީ ހައްޔަރު ކުރެވިފައެވެ.

މި އަހަރުގެ އޮގަސްޓުގައި، ގޭގައި ކައްކާ ނުރައްކާތެރި ބަނގުރަލުގެ ވައްތަރެއް، މިނިވަން ދުވަސް ފާހަގަކުރުމުގެ ތެރޭގައި ބުއިމުގެ ސަބަބުން ބިހާރުގެ އެއް އަވަށަކުން 13 މީހުން ވަނީ މަރުވެފައެވެ.

ހުޅަނގު ގުޖުރާތުގައި ބަނގުރާ މުޅިން އެއްކޮށް މަނާކުރެވިފައިވާއިރު، ދެކުނު ކެރަލާއާއި އެހެނިހެން ބައެއް ސްޓޭޓްތަކުގައި ބަނގުރާ މަނާކުރެވިފައިވަނީ ވަކި މިންވަރަކަށެވެ.