Last Updated: April 23, 23:56
Tuesday, April 23, 2024
ސިޔާސީ

ރައްޔިތުން ގޮވާ އެއްޗެހިން މަގުމައްޗަށް ނުނިކުމެވޭ: އައިބީ

ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ހުއްޓާލައި، ކާބޯތަކެތީގެ އަގު އަތްނުފޯރާފަށަށް އުފުލުމާ ގުޅިގެން ރައްޔިތުން ގޮވާ އެއްޗެހިން މަގުމައްޗަށް ނުކުމެވޭ ވަރެއް ނޫން ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

އައިބީ މިގޮތަށް ވިދާޅުވެފައި ވަނީ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕްގައެވެ.

ޕީޕީއެމް ވައިބަ ގްރޫޕްގައި އައިބީ ވިދާޅުވި ގޮތުގައި ކާޑުގެ ސަބްސިޑީ ކަނޑާލުމަކީ އިދިކޮޅު ފަރާތްތަކަށް ދިން ވަރަށް ބޮޑު ހަދިޔާއެކެވެ.

zzz

"މިކަހަލަ ކަންކަން ކުރަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާއެކު. ރައްޔިތުން ގޮވައި އެއްޗެހިން މަގުމައްޗަށް ނުކުމެވޭ ވަރެއް ނޫން.އިއްޔެ ކަރަންޓު އަގު ބޮޑުވީ މިއަދު ކާޑު އަގު ބޮޑުވީ. ދެން އަޅުގަނޑުމެން ބުނާނެ އެއްޗެއް ނެތް."

ޕީޕީއެމް ވައިބަރ ގްރޫޕްގައި ސަރުކާރުގެ ސިޔާސަތަށް އައިބީ ފާޑު ވިދާޅުވެފައި ވާއިރު އެބޭފުޅާ އަކީ، މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކާ ހިޔާލު ތަފާތުވި މެންބަރެއް ނޫންކަން ފާހަގަކޮށްލެވެއެވެ.