Last Updated: April 19, 22:45
Friday, April 19, 2024
ސިޔާސީ

ކާޑު ސަބްސިޑީ ކަނޑާލުމުން 13 މިލިއަން ވެސް ނުލިބޭނެ: ނަޝީދު

ކާޑު ސަބްސިޑީ ކަނޑާލައި ކާޑް އަގުބޮޑުކޮށްގެން މަހަކު 13 މިލިއަން ރުފިޔާ ވެސް ދައުލަތަށް ނުލިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާޑް އަގު ބޮޑު ކުރުމަކީ އިގްތިސާދު ސަލާމަތް ކުރެވޭނެ ފިޔަވަޅެއް ނޫން ކަމަށެވެ.

ކާޑް ސަބްސިޑީ ކަނޑާލުމާއި ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގައި ގިނަ މެމްބަރުން ވަނީ ކުރިން އޮތްގޮތަށް ކާޑް ސަބްސިޑީ ދިނުމަށް ގޮވާލާފައެވެ. އޭގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުންވެސް ހިމެނެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް ވަނީ ކާޑް ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ރައްޔިތުން ނިކުމެ އަޑު އުފުލުމަށް ގޮވާލާފައެވެ.