Last Updated: March 29, 14:00
Friday, March 29, 2024
ރިޕޯޓް

މޭވާ ހަލާކު ވިޔަސް އެއްލާނުލާ؛ ބޭނުން ކުރެވޭނެ

ހަލާކުވެފައިވާ މޭވާއަކުން އިތުރު ފައިދާއެެއް ހޯދިދާނެކަން އެނގޭ ހެއްޔެވެ؟ ތިރީގައި މިވަނީ މޭވާއިން އޭގެ އެންމެ ފުރިހަމަ ފައިދާ ލިބި ދޭނެ ގޮތްގޮތެވެ.

މިސާލަކަށް ލުނބޯ ނަގަމާ ހެއްޔެވެ؟ ހަމައެކަނި ހަލާކުވިއޭ ކިޔާފަ، އޭގެ މާނައަކީ ލުނބޯ މުޅިން ބޭކާރުވީއެކޭ ނޫނެވެ. ލުނބޯގެ ވަހަކީ ހިނި، ކުރަފި އަދި މެހި ވަރަށް ރުޅިއަންނަ ވަހެކެވެ.

އެހެންކަމުން އެފަދަ ސޫފާސޫފީގެ އުނދަގުލެއް ކުރިމަތިވާނަ، ލުނބޯގެ ހަން ނޮޅާފައި ކުޑަ ދޮރުތަކާއި، ބޮޑު ދޮރުތަކާއި އަދި ބަލެއްފަދަ ތަނެއް ހުރިނަ މަ، އެތާކު ބަހައްޓާށެވެ. އޭގެ ވަހުން އެކަނިވެސް ސޫފާސޫފި ކައިރިއެއް ނުވާނެ އެވެ.

ސައި ކައްކާ ކުރާ ފަދަ ތަކެތީގެ ތެރޭގައި ހަރުލާ މަޑުފަދަ އެއްޗެހި ސާފު ކުރުމަށް ވެސް ލުނބޯއަކީ ވަރަށް ބޮޑު އެހީއެކެވެ. ކުރަން ޖެހޭހާ ވެސް ކަމަކީ އެ އެއްޗެއް ފުރާ ފެން އަޅާ، ލުނބޯގެ ހަން ތުނިކޮށް ކޮށާފައި އޭގެތެރެއަށް އަޅާފައި ކައްކާށެވެ.

އެއަށް ފަހު އެއް ގަޑި އިރަށް އޭތި ހިހޫ ވަންދެން ބަހައްޓާށެވެ. ދެން ފެން ވައްޓާލުމަށް ފަހު ދޮވެލާށެވެ. އެއިރުން ސައިކުރަ ހީވާނީ އާ އެއްޗެއް ހެންނެވެ.

21312-1

ހަމަ އެއާއިއެކު، ލުނބޯ ވަރަށް މޮޅަން ލަށްފިލުވައިދޭ އެއްޗެއްވެސްމެއެވެ. ލަށްފިލުވަން ބޭނުންވާ ތަންކޮޅުގައި ލުނބޯ ހާކާލުމަށްފަހު އެ އެއްޗެއް އެއް ރޭ ވަންދެން ބަހައްޓާށެވެ.

ވީމާ، ލުނބޯއިން ލުނބޯ ފަނި ނުގިރޭ ނަމަ، އޭގެއިން މެ ދަންނަވާލި ފަދަ އެހެން ބޭނުންތައް ކުރައްވާށެވެ!