Last Updated: April 20, 09:23
Saturday, April 20, 2024
ރިޕޯޓް

ދޮންކެޔޮ: އެންމެ ރަނގަޅު އެއް މޭވާ

ދޮންކެޔޮއަކީ ވަރަށް ފައިދާހުރި މޭވާއެއްކަން އެންމެންނަށްވެސް އެނގެއެވެ. 100 ގްރާމް ދޮންކެޔޮގައި 0.3 ގްރާމް ފެޓް، 1 މިލިގްރާމް ލޮނު، 360 މިލިގްރާމް ޕޮޓޭސިއަމް، 2.6 ގްރާމް ފަިބަރު، 12 ގްރާމް ހަކުރު އަދި 1.1 ގްރާމް ޕްރޮޓީން ހިމެނިގެންވެއެވެ. މިއީ ހައްތަހާވެސް ދޮންކެޔޮއިން ލިބިދޭ ފައިދާތަކެވެ.

1. ގިނަ އަދަދަކަށް ފައިބަރު ހުރޭ

ސޮލިއުބަލް އަދި އިންސޮލިއުބަލް ފައިބަރަކީ ދޮންކެޔޮގައި ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗިއްސެވެ. ސޮލިއުބަލް ފައިބަރަކީ ހަޖަމުކުރުން ލަސްކޮށްދޭ އެއްޗެކެވެ. އޭގެ ސަބަބުން ގިނައިރު ވަންދެން ބަނޑުހައި ނުވެ ހުރެވޭނެއެވެ. އެހެންކަމުން ހެނދުނުގެ ނާސްތާގައި ދޮންކެޔޮ ކެއުމަކީ ރަނގަޅު ކަމެކެވެ.

2. ހިތަށް ފައިދާހުރި އެއްޗެއް

ފައިބަރު ގިނައިން ހުންނަ ކާނާއަކީ ހިތަށް ރަނގަޅު އެއްޗެހިކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ކާނާއެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލީޑްސް އިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ދޮންކެޔޮފަދަ ފައިބަރު ގިނައިން ހުންނަ އެއްޗެހި ކެއުމުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

3. ހަޖަމުކުރަން ފަސޭހަކޮށްދޭ

އަޔޫރުވޭދާއިން ބުނާ ގޮތުގައި ދޮންކެޔޮއަކީ ފޮނި އަދި ހުތް ރަހައެއްވާ އެއްޗެކެވެ. ފޮނި ރަހައަކީ އޭގެ ބަރުކަން ގެނެސްދޭ އެއްޗެކެވެ. އަދި ބުނެވޭ ގޮތުގައި ހުތް ރަހައިގެ ސަބަބުން އަގްނީ (ހަޖަމުކޮށްދޭ ޖޫސްތައް) އުފައްދައިދެއެވެ. އެހެންކަމުން ހަޖަމުކުރުމުގެ ކަންތައްތައް ފަސޭހަވެގެން ދެއެވެ.

4. ގިނަގުނަ ނިއުޓްރިއެންޓްސް ލިބިދޭ

ނިއުޓްރިޝަންއަށް ބަލާއިރު ދޮންކެޔޮއަކީ ގިނަ އަދަދަކަށް އެ އެކުލެވިގެންވާ އެއްޗެކެވެ. ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ޕޮޓޭސިއަމް، ކެލްސިއަމް، މެންގަނީސް، މެގްނީސިއަމް، އަޔަން، ފޯލޭޓް، ރައިބޯފްލޭވިން އަދި ބީ6 ފަދަ ވިޓަމިންއާއި މިނަރަލްތައް ހިމެނިގެންވާ މޭވާއެކެވެ. މިހުރިހާ އެއްޗަކީވެސް ހަށިގަނޑުގެ މަސައްކަތްތައް ރަނގަޅުކޮށްދީ، ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކޮށްދޭ އެއްޗިއްސެވެ.

5. ގިނަ އަދަދަކަށް ޕޮޓޭސިއަމް ހިމެނުން

ގިނަ އަދަދަކަށް ޕޮޓޭސިއަމް ދޮންކެޔޮގައި ހިމެނުމަކީ މި މޭވާގެ އެންމެ ރަނގަޅު އެއް ކަމެވެ. ޕޮޓޭސިއަމްއަކީ ވަރަށް ގިނަ ސިއްޙީ ފައިދާތަކެއް ލިބިދޭ މިނަރަލްއެކެވެ. އެގޮތުން ހިތުގެ ވިންދު ރެގިއުލޭޓްކުރުމާއި، ލޭގެ ޕްރެޝާއާއި އަދި ހަމައެއާއިއެކު ސިކުނޑި އަބަދުވެސް އެލާޓްގައި ބަހައްޓައިދެއެވެ.

_main_baana

6. ބްލަޑް ޕްރެޝާ

ލޭ މައްޗަށް ދިއުމުގައި އެންމެ ބޮޑު ރޯލްއެއް ކުޅޭ އެއްޗަކީ ލޮނުކަން އެންމެންނަށްވެސް އެނގެއެވެ. އެގޮތުން ބަލާއިރު ދޮންކެޔޮގައި ލޮނު ހުންނަނީ ވަރަށް މަދުންނެވެ. އަދި ޕޮޓޭސިއަމް ގިނައިން ހުރެއެވެ. މި ކަންކަމުގެ ސަބަބުން ލޭ މައްޗަށްދާ މީހުން ކެއުމަށް އެންމެ ރަނގަޅު އެއް ކާނާއަކަށް ދޮންކެޔޮވެއެވެ.

7. އެނީމިއާއާއި ހަނގުރާމަކުރުމަށް އެހީވެދޭ

އެނީމިއާއަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް އަޔަން (ދަނގަޑުގެ ބާވަތް) ނެތުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެ ބަލީގައިވާ ގޮތުން ލޭގައި ރެޑް ބްލަޑް ސެލްސް ނުވަތަ ހިމަގްލޮބިން ހުންނަ މިންވަރު މަދުކޮށްދެއެވެ. އޭގެ ސަބަބުން މީހާ ނޭވާ ލާން އުނދަގޫވެ، ހަންގަނޑުގެ ކުލަ ފަނޑުވެގެންދެއެވެ. ދޮންކެޔޮއަކީ އޭގައި ގިނަ އަދަދަކަށް އަޔަން ހިމެނިގެންވާ މޭވާއެކެވެ. އެހެންކަމުން އެނީމިއާ ޖެހިފައިވާ މީހުންނަށް ދޮންކެޔޮ ވަރަށް ރަނގަޅުވާނެއެވެ.