Last Updated: March 29, 18:55
Friday, March 29, 2024
މުނިފޫހިފިލުވުން

"4426" އައްޑޫގައި އަޅުވާނެ

މިރޭ މާލޭގައި ޕްރިމިއާ ކުރާ ބިރުވެރި ފިލްމް 4426 (ފޯފީޓޫސިކްސް) އަައްޑޫގައި ވެސް އަޅުވާނެ ކަމަށް ކްރިސްޓަލް އެންޓަޓައިންމަންޓުން ބުނެފި އެވެ.

މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ސްކްރީންޕްލޭއަކަށް އޭނާ އާއި އަހުމަދު ޝިނާން ގުޅިގެން ޑައިރެކްޓްކޮށްފައިވާ ފިލްމްގެ 14 ޝޯ އޮލިމްޕަހުގައި ދައްކާނެ ކަމަށް ނަހުލާ ބުންޏެވެ.

އޭނާ ބުނީ އަތޮޅު ތެރޭގައި ފިލްމް އަޅުވަން ފަށާނީ އަންނަ މަހުގެ ފުރަރަމަ ހަފުތާގެ ތެރޭގައި ކަމަށެވެ. އެގޮތުން އައްޑޫގައި ވެސް ފިލްމް އަޅުވާނެ ކަމަށް ނަހުލާ ބުންޏެވެ.

fgjhg

އޭނާ ބުނީ ފިލްމް އައްޑޫގައި އަޅުވާ ތާރީހު ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ނަހުލާ ބުނީ އުންމީދަކީ ރާއްޖޭގެ ވީހާ ވެސް ގިނަ ރަށެއްގައި ފިލްމް ދެއްކުން ކަމަށެވެ. އަދި ފިލްމް އަޅުވައި ދޭން އެދި ވަރަށް ގިނަ ރަށްރަށުން އެދިފައިވާ ކަމަށް ވެސް އޭނާ ބުންޏެެވެ.

"4426" ގެ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބް ޖުމައްޔިލް ނިމާލް އަދި މަރިޔަމް އައްޒަ ހިމެނެ އެވެ.