Last Updated: April 19, 06:56
Friday, April 19, 2024
މުނިފޫހިފިލުވުން

"ޑިއާ ޒިންދަގީ" އަންނަ މަހު 25 ގައި

ޝާހްރުކް ހާނާއި އާލިއާ ބަޓް މުހިއްމު ރޯލްތައް ކުޅެފައިވާ ފިލްމް "ޑިއާ ޒިންދަގީ" އަންނަ މަހުގެ 25 ގައި ރިލީޒް ކުރާ ގޮތަށް ނިންމައި، ފިލްމުގެ ޕޯސްޓަރު ދައްކާލައިފި އެވެ.

މި ފިލްމަކީ 2012 ވަނަ އަހަރު ސްރީ ދޭވީގެ ކަމްބެކް ފިލްމް "އިންގްލިޝް ވިންގްލިޝް" ގެ ޑައިރެކްޓަރު ގޯރީ ޝިންޑޭ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މިއީ އޭނާގެ ދެވަނަ ޑައިރެކްޝަނެވެ.

ގޯރީއަކީ "ޕާ" އާއި "ޗީނި ކުމް" އަދި މި އަހަރު ރިލީޒް ކުރި ކަރީނާ ކަޕޫރާއި އަރުޖުން ކަޕޫރުގެ "ކީ އެންޑް ކާ" ފަދަ ފިލްމްތައް ގެނެސް ދީފައިވާ ޑައިރެކްޓަރު އާރް ބަލްކީގެ އަންހެނުންނެވެ.

dear-zindagi

"ޑިއާ ޒިންދަގީ" ޕްރޮޑިއުސްކޮށްފައި ވަނީ ޝާހްރުކްގެ ކުންފުނި ރެޑް ޗިލީޒާއި ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަން ގުޅިގެންނެވެ.

މި ފިލްމުގައި ޝާހްރުކާއި އާލިއާގެ އިތުރުން ހިމެނޭ ކާސްޓުންގެ ތެރޭގައި އަންގަދް ބޭދީ، އަދިތިޔާ ރޯއި ކަޕޫރު، ކުނާލް ކަޕޫރް ހިމެނެ އެވެ.

"ޑިއާ ޒިންދަގީ" ގެ ޓީޒާ މިހާރު ދައްކާލައިފައިވާ އިރު، ޓްރެއިލާ ވެސް ވަަރަށް އަވަހަށް ބެލުންތެރިންނަށް ދައްކާލާނެ އެވެ.