Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ސްރީލަންކަންއިން އަލަށް ދަތުރުފަށާ 11 މަންޒިލް ތެރޭގައި އައްޑޫ

ސްރީލަންކަންގެ ދަތުރުތައް މުޅިން އަލަށް ފަށާ 11 މަންޒިލްގެ ތެރޭގައި އައްޑޫ ހިމަނައި އެ އެއާލައިނުން އިޝްތިހާރު ކުރަން ފަށައިފިއެވެ.

ސްރީލަންކަންގެ ރަސްމީ ފޭސްބުކްގައި ހިއްސާ ކޮށްފައިވާ އިޝްތިހާރުގައި މުޅިން އަލަށް އެއާލައިން ދަތުރު ފަށާ މަންޒިލްގެ ތެރޭގައި އައްޑޫގެ އިތުރުން ދެން ހިމެނެނީ ޝީޝެލްސް އާއި ޖަކާޓާ، އިންޑިއާގެ މަދުރާއި، އަދި ބަހްރައިން، މަސްކަތު، އިންޑިއާގެ ގަދީމީ އަވަށެއް ކަމަށްވާ ބޮދްގަޔާ، ވަރަނާސި، އަދި ބަންގްލަދޭޝްގެ ޑާކާ، އިންޑިއާގެ ކަލްކަތާ، އަދި ޕާކިސްތާންގެ ލާހޯރެވެ.

ލާހޫރުގެ ދަތުރުތައް ވަނީ މިދިޔަ މަހުގެ 27ގައި ފަށައިފަ އެވެ.

14502764_1117724058311518_2734096540139491859_n

ސްރީލަންކަންއިން އަންނަނީ އައްޑު އަަތޮޅު ގަމާއި ކޮލަމްބޯ ދެމެދު ދަތުރުތައް އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހަށް ތާވަލްކޮށްފައެވެ.

ސްރީލަންކަން އިން ބުނީ ގަމާއި ކޮލަމްބޯ ދެމެދު ހަފްތާ އަކު 4 ދުވަހު ދަތުރު ބާއްވާ އިރު ސްރީލަންކަން މެދުވެރިކޮށް އެ އެއާލައިން ދަތުރުކުރާ ހުރިހާ މަންޒިލްތަކަށް އައްޑޫން ޓިކެޓް ވިއްކާނެ ކަމަށެވެ.