Last Updated: April 19, 13:47
Friday, April 19, 2024
ކުޅިވަރު

އެސްޓީއޯ ބަށި މުބާރާތަށް ފުރުސަތު ހުޅުވާލައިފި

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ސްޕޮންސަކޮށްގެން ނެޝަނަލް ބަށިބޯޅަ އެސޯސިއޭޝަނުން ބާއްވާ މި އަހަރުގެ ބަށި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މުޅި ރާއްޖެ އަށް ހުުޅުވާލައިގެން ބާއްވާ މި މުބާރާތް ފަށަަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 31 ނިޔަލަށް އޮންނާނެ އެވެ. ބައިވެރިވާން އެދޭ ފޯމު، އެސްޓީއޯގެ ވެބްސައިޓުންނާއި އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓާއި ނެޝަނަލް ބަށިބޯޅަ ފައުންޑޭޝަނުން ލިބޭނެ އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000ރ. ހުށަހަޅާފައިވާ އިރު، ރަނަރަފ ޓީމަށް 50،000ރ. ގެ ފައިސާގެ އިނާމު ދޭނެ އެވެ.

މީގެ އިތުރުން ތިން ވަނަ ޓީމަށް 25،000ރ. ފެއާޕްލޭ ޓީމަށް 10،000 ރުފިޔާ ދޭން ވަނީ ނިންމައިފައެވެ.

އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް 6،000 ރުފިޔާ ދިނުމަށް ވެސް އެސްޓީއޯއިން ވަނި ނިންމައިފަ އެވެ.

އެސްޓީއޯ ބަށިބޯޅަ މުބާރާތުގެ ވޭތުދިޔަ ހަތަރު އަހަރުގެ ޗެމްޕިއަނަކީ ފ. ފީއަލީ ޒުވާނުންގެ އެކުވެރި ކުލަބެވެ.