Last Updated: March 29, 02:52
Thursday, March 28, 2024
ސިޔާސީ

ޕީޕީއެމްގެ އިސްތިއުނާފު އަޑު އެހުން މާދަމާ

އައްބާސް ވާފިރު މެމްބަރު ޝާޑް އާއި އެކު ފޮޓޯ: ފޭސްބުކް

ޕީޕީއެމް ހިންގުން ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އާއި ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްގެ އަޑުއެހުން މާދަމާއަށް ހައިކޯޓުގައި ތާވަލް ކޮށްފިއެވެ.

ހުޅުދޫ، ފެންފިޔާޒްވިލާ އައްބާސް ވާފިރު ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނަށެވެ. މި މައްސަލައިގެ އަޑުއެހުން މިއަދު ހެނދުނަށްވެސް ތާވަލް ކުރިއެވެ. ނަމަވެސް ފަހުން ވަނީ އެ އަޑުއެހުން ކެންސަލްކޮށްފައެވެ.

ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީން އާއި ކޯޓުން ހަވާލުކުރީ މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ނުބާއްވަން މައުމޫން ނިންމެވި ނިންމުން ބާތިލްކުރަން މެމްބަރު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދު ކުރިން ހުށަހެޅި މައްސަލާގައެވެ.

ޕީޕީއެމް ތެރޭގައި ދެ ފެކްޝަން ހެދިފައިވާ އިރު ދެ ފެކްޝަނުންވެސް އަންނަނީ މަގާމުތައް އުފައްދައި މަގާމުތަކަށް މީހުން އައްޔަން ކުރަމުންނެވެ. ދެ ފެކްޝަނުންވެސް ބުނަނީ އެ ފެކްޝަންތައްް ސައްހަ ކަމަށެވެ.